ފަހުގެ ޚަބަރު


އިތުރަށް...

ޔާމީނަކީ މި ޤައުމުގެ ހަލާކު – އުމަރު

ލިޔުނީ: Unknown - Tuesday, July 30, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީނަކީ ރާއްޖޭގެ ހަލާކުކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޔާމީނާއި އެކު ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކޮށްގެން ބަލިވި އުމަރު މިހެން ވިދާޅުވެފައިވަނީ ރޭ ބޭއްވި ޖުމްހޫރީޕާޓީގެ ޖަލްސާގައެވެ.
މ. ކުނޫޒްގައި ބޭއްވި މިޖަލްސާގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، މިޤައުމުގެ ހަލާކުގެ އަސްލަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިންކަމަށެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، މިޤައުމުގެ މަގުތަކުގައި ގެންގުޅޭ މަސްތުވާތަކެއްޗާއި ޔާމިނާއި ގުޅިފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނާ ކަމަށާއި، މިޤައުމުގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 40،000 ބިދޭސީން އެތެރެވެފައިވަނީ ޔާމިންގެ “ނޭފަތް” ދަށުން ކަމަށެވެ.

“ރައީސް މައުމޫންގެ ކޮއްކޯފުޅަކީ (ޔާމީން) މި ގައުމުގައި މިއޮތް ހުރިހާ މައްސަލަތަކުގެ އަސްލު. ގަވާއިދާ ހިލާފަށް ރާއްޖެ އަށް އެތެރެވެފައި ތިބި 40،000 މީހުންނަކީ އެމަނިކުފާނުގެ ނޭފަތް ދަށުން އެތެރެވެފައި ތިބި މީހުން. ދިވެހި ރާއްޖޭގެ މަގުތަކުގައި ވިއްކާ މަސްތުވާތަކެތީގެ އެއްޗިއްސާ އެމަނިކުފާނާ ގުޅުން ހުރި ކަމަށް މީހުން ބުނެ އުޅޭ. އެހެންވީމާ އެފަދަ މީހަކަށް، ޕީޕީއެމްގައި ތިބެ، މި ގައުމު ދެކެ ލޯބިވާ އެއްވެސް މީހަކު ވޯޓު ދިނުމަކީ މި ގައުމަށް ވެވޭ ހިޔާނާތަކަށް ނޫނީ ނުވާނެ” އުމަރު ވިދާޅުވި އެވެ.

ޔާމީނަށް ރާއްޖޭގެ ވެރިކަން ލިބިއްޖެ ނަމަ ޤައުމުގެ ތިޖޫރީވެސް ނުހުންނާނެ ކަމަށާއި، އަދި ޕީޕީއެމްގެ އިސް ބޭބޭފުޅުންނަކީ ކޮރަޕްޓް “ބައިގަނޑެއް”ގެ ގޮތުގައި އުމަރު ވަނީ ސިފަކޮށްފައެވެ.

ރޭގެ ޖަލްސާގައި އުމަރު ވަނީ ޤާސިމްގެ ޖުމްހޫރީ ޤުޅުމަށް ތާއީދުކުރާކަމަށް ހާމަކޮށްފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް