ފަހުގެ ޚަބަރު


އިތުރަށް...

އަބްދުﷲ ރިޔާޒް އެމްޑީޕީ ވޯޓް ފޮށިތަށް ނައްތާލަން އުޅޭކަމުގެ އަޑުތަކެއް އެބަފެތުރޭ - އަލީ ވަހީދު

ލިޔުނީ: Unknown - Tuesday, July 30, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓްލާ ގަނޑި އިލެކްޝަންސް ކޮމިޝަނުން އަވަސްކޮށްފައިވަނީ އެމްޑީޕީއަށް ލީޑްލިބޭ ފޮށިތަށް ނައްތާލަން ފުލުހުންގެ ތެރޭގައި ވާހަކަތައް ދެކެވެމުން އަންނާތީ ކަމުގެ ވާހަތަކެއް އިވިވަޑައިގެންފައިވާ ކަމަށް ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އިއްޔެގައި އއ.އުކުޅަހުން މަހުޖަނު ޤާސިމް އިބްރާހިމް އާއި ނުރުހުންވި ބަޔަކު ފުލުހުން ހައްޔަރުކުރުމާއި ގުޅިގެން ރަސްދޫއަށް ވަޑައިގެން ކޮމާންޑަރ އާދިލް އާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އަބްދުﷲ ރިޔާޒާއި ހުސެން ވަހީދު ރަށުތެރެ ހަލަބޮލިކޮށްލަން މަސައްކަތް ކުރަމުންދާ ކަމުގެ ވާހަކަތަކެއް އަޑުއިވިވަޑައިގެންފައިވާ ކަމަށެވެ.

ފުލުހުން ވޯޓާއި ދިމާކޮށް ރައްޔިތުން ހޫނުކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލެއްވުމަށް އަލީ ވަހީދު ވަނީ ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.

އަލީ ވަހީދު ވިދާޅުވީ ވޯޓާއި ދިމާކޮށް ފުލުހުން ރަށުތެރޭގެ މަސްލަހަތު ނަގާލުމަށް ކުރަމުންދާ މަސައްކަތް ހުއްޓަވާލެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި އިރު އަރާ ކޮންމެ ދުވަހަކު ކޮންމެވެސް ރަށަކުން މީހަކު ހައްޔަރުކުރަމުންދާއިރު، ހައްޔަރު ކުުމަކީ ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ.

ޤާސިމް އާއި ނުރުހުންވި ބަޔަކު އޭގެ ދެ ދުވަސްފަހުން ފުލުހުން ހައްޔަރުކޮށްފައިވާތީ އެކަމަށް އިޝާރާތް ކުރައްވަމުން އަލީ ވަހީދު ވިދާޅުވީ ހާދިސާއެއް ހިނގާތާ އެތައް ދުވަހެއްގެ ފަހުން ތުހުމަތެއްކޮށް ހައްޔަރުކުރުމުގެ ބަދަލުގައި، ކުށުގެ ވެށިން މީހުން ހައްޔަރުކުރުމަށް ފުލުހުންނަށް ނަސޭހަތްތެރިވެވަޑައިގަންނަވާ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ރަށްރަށުގެ މަސްލަހަތު ނަގާލުމުގެ ބަދަލުގައި އަމާން އޮމާންކޮށް، ރަށުތެރެ ހޫނުނުކޮށްވެސް ފުލުހުންގެ ވާޖިބް ފުލުހުންނަށް އަދާކުރެވެން އޮންނައިރުވެސް، މީހުން ހައްޔަރުކުރުމުގައި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ފުލުހުން ބޭނުން ކުރަމުން އަންނަކަމީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ޤާސިމް އާއި ނުރުހުންވުމުގެ ސަބަބުން އުކުޅަހުގެ 6 މީހަކު އިއްޔެ އުކުޅަހުން ހައްޔަރުކޮށް، އެތަނުން އެކަކު މިހާރުވަނީ ދޫކޮށްލާފައެވެ. ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރޭގައި ކައުންސިލް މެމްބަރު އަލީ ވަހީދުވެސް ހިމެނިވަޑައިގަންނަވައެވެ. އަދިވެސް އިތުރު ބަޔަކު މި މައްސަލައާއި ގުޅިގެން ހައްޔަރުކުރާނެ ކަމުގެ އަޑުތަކެއްވަނީ ފެތުރިފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް