ފަހުގެ ޚަބަރު


އިތުރަށް...

ކޯނީ ރިޕޯޓާއި ގުޅޭ މުހިންމު މައުލޫމާތުތަކެއް ހުށަހެޅުމަށް ފާއިޒް ކޮމެޓީއަށް ހާޒިރު ކުރަނީ

ލިޔުނީ: Unknown - Wednesday, July 31, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
 ކޯނީގެ ރިޕޯޓާއި ގުޅޭގޮތުން  މުހިންމު މައުލޫމާތު ތަކެއް އެބަހުރި ކަމަށްވިދާޅުވެ ހޯމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރ ކަމުގެ މަގާމުގައި ކުރިންހުންނެވި،އަދި އަލީ ހަމީދްގެ ބަރަހަނާ ވީޑިއޯ ވިއްކަނަް އުޅެނޮކޮށް ހައްޔަރު ކުރި އަހްމަދު ފާއިޒް ސަރުކާރުގެ  މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާކޮމެޓީއަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ

މި މައްސަލައާއި ގުޅޭގޮތުން، ވާހަކަ ދައްކަވަމުން އެކޮމެޓީގެ މުގައްރިރުއަލީ ވަހީދު ވިދާޅުވީ، ފާއިޒް އަކީ ރައީސް ވަހީދާއި ވަރަށް ގާތް ގުޅުމެއްއޮންނަ ބޭފުޅެއް ކަމަށެވެ. މި މައްސަލައާއި ގުޅިގެން ކޮމެޓީގައިހިނޭ އެމްޑީޕީގެ މެމްބަރުން ވަނީ ފާއިޒު ކޮމެޓީއަށް ހާޒިރުކުރުމަށް ތާއީދުކުރާކަމަށް ވޯޓްދެއްވާފައި އެވެ.

ކޮމެޓީއިން ވަނީ މިމައްސަލަ ބަލައިގަނެ ކުރިއަށް ގެންދިއުމަށް ނިންމާފައި އެވެ. އަދި އަންނަ ހަފްތާގެ ހޯމަ ދުވަހި އޭނާ ކޮމެޓީއަށް ހާޒިރު ކުރުމަށް ވަނީ ނިންމާފައި އެވެ.

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މުގައްރިރު، ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވީ ފާއިޒު ކޮމިޓީ އަށް މައުލޫމާތު ދިނުމުން "ބަޣާވާތާ ގުޅޭ އިތުރު ކަންކަން ސާފުވެގެން ދާނެ" ކަމަށެވެ. ނަމަވެސް އޭނާ ހުންނެވީ ބަންދުގައިކަން އެނގިވަޑައިނުގަންވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"ސިޓީ ފޮނުވާފައިވަނީ ގޭގެ އެޑްރެހުގައި. އޭނާ ޖަލުގައި ހުރި ނަމަ އަޅުގަނޑުމެންނަށް އެހެން ގޮތަކަށް ވިސްނާނަން،" އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކޮށްލުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެކަކީ އޭނާ ކަމަށް ފާއިޒު ވިދާޅުވެ އެވެ. އަދި ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް ވެއްޖެނަމަ އެންމެ ފުރަތަމަ މަރަށް ހުކުމްކުރާނެ މީހަކީ އޭނާ ކަމަށް އެ އެއޯޑިއޯގައި ވިދާޅުވެފައިވެ އެވެ. ނަމަވެސް އެއީ ސައްހަ އޯޑިއޯއެއް ނޫން ކަމަށް އޭރު އޭނާ ވިދާޅުވެފައިވެ އެވެ.

ފާއިޒުގެ އިތުރުން ޕޮލިސް ކޮމިޝަނަރު ރިޔާޒު ވެސް ހޯމަ ދުވަހު ކޮމިޓީއަށް ހާޒިރުކުރަން ވަނީ ނިންމާފަ އެވެ. އެއީ އޭނާއަށް ޕޮލިސް ކޮމިޝަނަރުކަން ދީފައިވަނީ ގާނޫނާ ހިލާފަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގަ އެވެ. އެ މައްސަލައިގައި ކޮމިޓީއަށް ހާޒިރިވުމަށް ރިޔާޒަށް އެންގުމުން ކުރިން ވިދާޅުވެފައިވަނީ އޭނާ ހާޒިރުކުރަން ނިންމުމަކީ ޒާތީ ނިންމުމެއް ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ބުނެފައިވަނީ މަޖިލީހުގެ ކޮމެޓީތަކަކީ ގާނޫނީ ބާރު ލިބިގެން ހިންގާ ކޮމެޓީތަކެއް ކަމަށާއި އެތަންތަނުން ބަލަމުން އަންނަ މައްސަލަތަކާ ގުޅޭ ގޮތުން ކޮންމެ މީހަކު ވެސް ހާޒިރުކުރެވޭނެ ކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް