ފަހުގެ ޚަބަރު


އިތުރަށް...

ވަހީދުގެ ފުޅާ ކޯލިޝަން ޖަލްސާގައި ބަންގާޅިން!

ލިޔުނީ: Unknown - Thursday, August 1, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ކުރިމަތިލައްވާފައިވާ “ގައުމައިގެން ކުރިއަށް” ކޯލިޝަން ޖަލްސާގައި ގިނަ އަދަދަކަށް ރާއްޖެއިން ބޭރު ހާއްސަކޮށް ބަންގާޅިން ތިބި ތަން ނޫސްވެރިންނަށް ފެނިއްޖެ އެވެ.

“ގައުމައިގެން ކުރިއަށް” ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ބައިވެރިވެވަޑައިގެންނެވި މި ޖަލްސާ ދަރުބާރުގޭގައި ކުރިއަށް ދިޔައިރު ޖަލްސާގައި 250 ވަރަކަށް މީހުން ބައިވެރިވެފައިވެ އެވެ.
އަދި ޖަލްސާގައި 35 ވަރަކަށް ބަންގާޅިން ތިބި މަންޒަރު ވެސް ފެނިފައިވެ އެވެ.

ރަންނަބަނޑޭރި މާލަމުގައި ބާއްވަމުންދާ ޖަލްސާގައި ވަކި ހިސާބަކަށް ހުދު ފޮތި ދަމާ ފަރުދާއެއްހެން ހަދާފައިހުރިއިރު އެ ފަރުދާގެ ފަހަތުގައި ބަންގާޅިން ތިބިކަން ފާހަގަކޮށްލެވެ އެވެ.

ނަމަވެސް އެމީހުންގެ ފޮޓޯތައް ނޫސްވެރިން ނަގަން އުޅުމުން ޖަލްސާ އިންތިޒާމްކުރުމުގައި ހަރަކާތްތެރިވާ މީހަކު ވަނީ ޖަލްސާ ބާއްވަމުންދާ މާލަމުގައި ހުރި ދޮރަކުން ބަންގާޅިން ނެރެފައެވެ.

އަދި އެމީހާ ވަނީ ނޫސްވެރިން ފޮޓޯ ނެގުމަށް ވެސް ހުރަސް އަޅާފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް