ފަހުގެ ޚަބަރު


އިތުރަށް...

ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރުކުރި އިސްދޫ އަންހެނަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

ލިޔުނީ: Unknown - Tuesday, July 16, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކުރި އަންހެނަކު އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ހުކުންކޮށްފައިވަނީ ލ.އިސްދޫ، ގުލްފާމުގެ، އާމިނަތު ޝިބާނާ (29އ) ގެ މައްޗަށެވެ.

އާމިނަތު ޝިބާނާ ގެ މައްޗަށް އެއް އަހަރަށް ޖަލަށްލުމަށް ހުކުމްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 4 ވަނަ ދުވަހުގެ 04:05 ހާއިރު މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކުޑަކަމުދާތަކެތި ދިނުމަށް އެންގުމުން އެކަމާ އިންކާރުކޮށް އާމިނަތު ޝިބާނާގެ އަމިއްލަ ގަޔަށް ކުޑަކަމު ދިޔަ މައްސަލައާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އާމިނަތު ޝިބާނާއަށް ކުޑަކަމުދާތަކެތި ދިނުމަށް ފުލުހުން އަންގާފައި ވަނިކޮށް ފުލުހުންނަށް ކުޑަކަމުދާތަކެތި ނުދީ ހުރެ އޭނާ އަމިއްލަ ގަޔަށް ކުޑަކަމު ގޮސްފައިވާކަމަށް ޝަރީޢަތަށް ހުށަހެޅި ހެކިންގެ ހެކިބަހުން އެނގެން އޮންނާތީ، ހެކިންގެ ހެކިބަހުންނާއި ގުޅިފައިވާ ގަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށް، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ 123 ވަނަ މާއްދާގެ (ހ) ގެ ދަށުން އާމިނަތު ޝިބާނާ ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރުކުރުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި ކަމަށެވެ.

އޭނާ އެއް އަހަރަށް ޖަލަށްލީ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ 123 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

މި މައްސަލައިގެ ތަޙުޤީޤު ނިންމައި ދަޢުވާކުރުމަށް ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މިދިއަ އަހަރުގެ ޑިސެމްބަރު 6 ވަނަ ދުވަހު އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް