ފަހުގެ ޚަބަރު


އިތުރަށް...

ހޮރައިޒަން ފިޝަރީޒްގެ މަސް ބޯޓެއް 17 ޓަނުގެ މަހާއެކު ފަރަށް އަރައިފި

ލިޔުނީ: Unknown - Sunday, August 4, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

 ހޮރައިޒަން ފިޝަރީޒްގެ މަސް ބޯޓެއް 17 ޓަނުގެ މަހާ އެކު ރޭ ލ. ހިތަދޫ ފަރަށް އަރައިފި އެވެ.

ހޮރައިޒަން ފިޝަރީޒްގެ މެނޭޖިން ޑިރެކްޓަރު އަދުނާނު އަލީ ވިދާޅުވީ އެ ކުންފުނިން ލ. އަތޮޅުގައި މަސް ގަންނަން ބޭނުންކުރާ ކުޑަ ކަލެކްޓާ ބޯޓެއް ރޭ ފަރަށް އަރާފައިވާ ކަމަށެވެ.

"ބޯޓު މާމެންދޫ ކައިރީ އަޅާފައި އޮއްވާ ރޭ އައި ކޮޅިގަނޑުގައި ބޯޓު ފަރަށް އެރީ. ބޯޓުގެ ނަގިލި ކަހާލައިގެން ގޮސް އަރާފައިވަނީ ހިތަދޫގެ ފަރަށް،" އަދުނާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 30 ޓަނުގެ މި ބޯޓު ފަރަށް އެރުމާ ގުޅިގެން މީހަކަށް އަނިޔާވެފައި ނުވި ނަމަވެސް ބޯޓު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ.

"ބޯޓު ހަދާފައިވަނީ ފައިބަރުން. އެހެންވެ ބޯޓު ވަނީ ގާތްގަނޑަކަށް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ. ބޯޓު ހަލާކުވި ނަމަވެސް އޭގައި ހުރި މަސް ވަނީ ސަލާމަތުން މާމެންދޫ ފެކްޓްރީ އަށް ގެންގޮސްފައި. މިހާރު ބަލަމުން މިދަނީ އެ މަސްތަކަށް އެއްވެސް ގެއްލުމެއް ވެފައި ހުރިތޯ؟ އެކަން އެނގޭނީ ޓެސްޓްތަކަށް ފަހު،" އަދުނާން ވިދާޅުވި އެވެ.

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރާގައި ކޮޅިގަނޑުގައި 45 މޭލަށް ވުރެ ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

ގާސިމް އިބްރާހިމްގެ ވިލާގެ ސްބްސިޑަރީ ކުންފުނި، ހޮރައިޒަން ފިޝަރީޒުގެ ކަލެކްޓިން ވެސަލް ފަރަށް އަރާފައި ވަނީ ރޭ ދަންވަރު އައި ކޮޅިގަނޑެއްގަ އެވެ. އޭރު ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހުނެވެ.

މިދުވަސް ވަރަކީ ރާއްޖެ އަށް މޫސުން ގޯސް، ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށްވެފައި ދިވެހިރާއްޖޭގެ މޫސުމާ ބެހޭ އިދާރާ އިން ޔެލޯ އެލާޓް ނެރެފައި ވާތީ، ހާއްސަކޮށް މެދުރާއްޖެ ތެރެއަށާއި އުތުރުގެ އަތޮޅުތަކަށް ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފަ އެވެ. 
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް