ފަހުގެ ޚަބަރު


އިތުރަށް...

7 ފެބްރުއަރީގައި އަބްދުﷲ ރިޔާޒް ޗާޓުން ބޭރުވި: މާޒް ސަލީމް

ލިޔުނީ: Unknown - Sunday, August 4, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު ވެރިކަން ބަދަލުވެގެންދިޔައިރު މިހާރުގެ ފުލުހުންގެ ކޮމިޝަނަރަކަށް ހުންނެވި އަބްދުﷲ ރިޔާޒް ހުންނެވީ ޗާޓުން ބޭރުވެވަޑައިގެންފައި ކަމަށް ޕީޕީއެމްގެ ކުރީގެ އިސް ހަރަކާތްތެރިޔާ އަދި މިހާަރު އުމަރު ނަސީރާއެކު ޖުމްހޫރީ ކޯލިޝަނާއި ގުޅުނު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ ހަތްވަނަ ދުވަހު ނިމުމަކަށް ގެނައުމުގައި އެދުވަހު އަބްދުﷲ ރިޔާޒް މަސައްކަތް ކުރައްވާފައިވަނީ ޤާނޫނީ އިމުގެ ބޭރުން ކަމަށްވެސް މާޒް ސަލީމްވަނީ ވިދާޅުވެފައެވެ.

ފެބްރުއަރީ ހަތްވަނަ ދުވަހު އާންމު ރައްޔިތެއްގެ ގޮތުގައި ހުންނަވާ ފުލުހުންގެ މިހާރު ކޮމިޝަނަރު އަބްދުﷲ ރިޔާޒްވަނީ ރައީސް ނަޝީދު އިސްތިއުފާދެއްވުމާއި ހަމައަށް އެދުވަހު ހިނގައިދިޔަ ހުރިހާ ކަމެއްގައި ޢަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވާފައެވެ. އަދި ރައީސް ނަޝީދު އިސްތިއުފާގެ ސިޓީފުޅު ލިޔުއްވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަތްޕުޅަށް އެސިޓީ ގެންގޮސްދެއްވީވެސް ރިޔާޒް ކަމަށް ބައެއް ފަރާތް ތަކުން ބުނެއެވެ.

"7 ފެބްރުއަރީގައި މިހާރުގެ ސީޕީ އަބްދުﷲ ރިޔާޒް ޤާނޫނީ އިމުގެ ބޭރުން ކަންކަން ކުރައްވާފައިވޭ، މިމައްސަލަ ތަޙުޤީޤު ކުރުމަށްވަނީ ފަސްޖެހިފައި، އެއީ ކީއްވެގެންބާ" މާޒް ސަލީމް ސުވާލުކުރައްވާފައިވެއެވެ.

ފުލުހުންގެ ކޮމިޝަނަރު އަބްދުﷲ ރިޔާޒް ފެބްރުއަރީ ހަތްވަނަ ދުވަހު ޤާނޫނީ އިމުގެ ބޭރުން އެތައް ކަމެއް ކުރައްވާފައިވާއިރު އެކަންއެކަން ތަޙުޤީޤު ކުރުމަށް ސަރުކާރުން ފަސްޖެހިވާ ކަމަށް މާޒް ސަލީމްވަނީ ވިދާޅުވެފައެވެ. ނަމަވެސް އެކަން ތަޙުޤީޤް ކުރުމަށް ފަސްޖެހިފައިވަނީ ކޮން ސަބަބަކާއި ހުރެ ކަމެއް ސަލީމް ހާމަ ކުރައްވާއެއް ނުވެއެވެ.

އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު ރައީސް ނަޝީދަށާއި އެމްޑީޕީއަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދެވި މާޒް ސަލީމްވަނީ އަބްދުﷲ ރިޔާޒްގެ މައްސަލަ ބެލުމަށް ސަރުކާރުން ފަސްޖެހިފައިވާތީ އެކަމާއިމެދު ސުވާލު އުފައްދަވާފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް