ފަހުގެ ޚަބަރު


އިތުރަށް...

ދަނޑު ހަދަން ގާސިމް ފޮނުވި ތަކެތި އިސްދޫ ނެރުމައްޗަށް އަރައިފި

ލިޔުނީ: Unknown - Sunday, August 4, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އިންތިޚާބާއި ދިމާކޮށް އެއްވެސް ކެންޑިޑޭޓަކަށް، އިންތިޚާބަށް ނުފޫޒު ފޯރާ ގޮތަށް އެއްވެސް ކަމެއް ކޮށްނުދެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނިކޮށް، ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ލ. އިސްދޫ ބޯޅަދަނޑު ހަދަން ފޮނުވި ބާޖް އެރަށު ނެރުމައްޗަށް އަރައިފިއެވެ.

ޤާސިމްގެ ވިލާ ކުންފުނީގެ ބާޖެއް އިސްދޫއަށް ގޮސްފައިވަނީ މިއަދު ހެނދުނެވެ.

އެހެން ނަމަވެސް ރަށުގެ ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި މި ބާޖް ރަށުގެ ނެރު މައްޗާއި ދިމާލުން ފަރަށް އަރާފައިވާއިރު، ނެރަށް ވަރަށް ބޮޑަށް ގެއްލުން ވަމުންދާކަމަށް އިސްދޫ ކައުންސިލުން ބުނެއެވެ.

އަދި މިބާޖު ނެރު މަތީގައި ރާޅާ ތެޅެނިކޮށް މިހާރު ނެރު ބައްތިވެސް ހަލާކުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އިސްދޫ ރަށު ކައުންސިލުން ބުނީ ބޯޅަ ދަނޑު ހަދާ ސާމާނާއި އެކު ބާޖް އެރަށަށް ދިޔައީ ރަށު ކައުންސިލަށް އެނގިގެން ނޫންކަމަށާއި އަދި ބޯޅަ ދަނޑަށް ކަމެއް ކުރަން ރަށު ކައުންސިލުން ހުއްދަ ނުދޭކަމަށެވެ.

އަދި މިމަސައްކަތަށް ޤާސިމަށް އެހީތެރިވަނީ އަތޮޅު ކައުންސިލް ބޭފުޅެއްކަމަށްވެސް މައުލޫމާތު ލިބެއެވެ.

އިސްދޫ ބޯޅަ ދަނޑު އެރަށު ޒުވާނުންނަށްޓަކައި ހަދައިދޭނެކަމަށް ޤާސިމް ވައުދުވެފައިވަނީ މީގެ 3 މަހެއްހާ ދުވަސް ކުރިންކަމަށް އެރަށު ޒުވާނުން ބުނެއެވެ.

އަދި 2 ހަފްތާތެރޭ އެތަން ހަދައިދޭނެކަމަށް ޤާސިމް ވިދާޅުވުމަށްފަހު، ފަހުން ހަދައިނުދޭން ނިންމާ، އަނެއްކާވެސް ދަނޑު ހަދަން ތަކެތި ފޮނުވީ އިސްދޫގައި ޤާސިމަށް އޮތް ތާޢީދުކުޑަވުމުންކަމަށް މައުލޫމާތު ލިބެއެވެ.

އިސްދޫގައި ރިޔާސީ އިންތިޚާބާއި ދިމާކޮށް ރައްޔިތުންގެ ތާޢީދު ހޯދުމަށް ޤާސިމް އިބްރާހިމް އެރަށަށް ކަންތައް ކޮށްދެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާއިރު، މިގޮތަށް ކެމްޕޭން ކުރުމަކީ މަނާކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން އަންގާފަިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް