ފަހުގެ ޚަބަރު


އިތުރަށް...

އެއްބުރުން ޓްރިވެންޑްރަމް ބައްދަލުވުމުގައި 300އަށްވުރެ ގިނަ މެމްބަރުން ބައިވެރިވި

ލިޔުނީ: Unknown - Thursday, August 1, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މޯލްޑިވިއަމް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ން ރޭ އިންޑިޔާގެ ޓްވެންޑްރަމްގައި ބޭއްވި “އެއްބުރުން ޓްރިވެންޑްރަމް” ބައްދަލުވުމުގައި އެޕާޓީގެ 300އަށްވުރެ ގިން މެމްބަރުން ބައިވެރިވިކަމަށް އެޕާޓީން ހާމަކޮށްފިއެވެ.

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުން އޮތީ ޓްރިވެންޑްރަމްގެ ޕާކް ރަޖަދާނީ އުލޫރްގައެވެ.

ރޭގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގެ ދުވަސްވަރު ދެމަސް ދުވަހުގެ ތެރޭގައި 3000 މީހުން ހިފާ ހައްޔަރުކުރިކަމަށް ވިދާޅުވެފައެވެ. އަދި 2008ގެ އިންތިހާބަށް ފަހު ސިޔާސީ ވާދަވެރިން ހިފާ ހައްޔަރުކުރުމުގެ ފުރުސަތު އެމްޑީޕީއަށް ވެސް އޮތްކަމަށާއި ރައީސް މައުމޫނުގެ ވެރިކަމުގެ އިސް ވެރިން އެމަނިކުފާނުގެ ސަރުކާރުގައި ހައްޔަރުނުކުރީ ބަދަލުނުހިފައި ވާދަވެރި ސިޔާސީ ނިޒާމެއް އުފެއްދުމަށްކަމަށް ނަޝީދު ވަނީ ރޭ ޓްރިވެންޑްރަމްގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް