ފަހުގެ ޚަބަރު


އިތުރަށް...

ކޯލިޝަން ހަދަން ޕީޕީއެމްއާ ވާހަކަދައްކަން އެމްޑީއޭއިން ނިންމައިފި

ލިޔުނީ: Unknown - Friday, August 2, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޕީޕީއެމްއާ ކޯލިޝަން ހެދުމަށް އެ ޕާޓީއާ މަޝްވަރާކުރުމަށް މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހަންމަދު (ސަންޓްރެވަލް ޝިޔާމް) ގެ ޕާޓީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ރޭ ނިންމައިފި އެވެ.

އެ ޕާޓީގެ ކައުންސިލުން މި ގޮތަށް ނިންމީ ކައުންސިލްްގެ ބައްދަލުވުމުގައި ބައިވެރިވި 25 މެމްބަރުންގެ އިއްތިފާގުންނެވެ.

އެމްޑީއޭގެ ކައުންސިލް މެމްބަރު މުހައްމަދު އައްބާސް ވިދާޅުވިގޮތުގައި ޕީޕީއެމްއާ މަޝްވަރާކުރުމަށް ފަސް މެމްބަރުންގެ ކޮމިޓީއެއް މިހާރު ވަނީ އެކުލަވާލާފަ އެވެ. އަދި ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެމްޑީއޭގެ ވިސްނުން ހުރީ ޕީޕީއެމްއާ މަޝްވަރާކުރުމަށް ފަހު ކޯލިޝަން ހަދާ ނަމަ ހޯމަދުވަހުގެ ރޭ ކޯލިޝަން ހެދުމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް