ފަހުގެ ޚަބަރު


އިތުރަށް...

ފިތުރު އީދު ދުވަހަކީ ބުރާސްފަތި ދުވަސް ކަމަށް ހަމަޖައްސައިފި

ލިޔުނީ: Unknown - Tuesday, August 6, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ބުރާސްފަތި ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން މިރޭ އިއުލާންކޮށްފި އެވެ.

ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށް މިރޭ ބޭއްވި އިސްލާމީ މަރުކަޒަރުގައި ބޭއްވި ޖަލްސާގައި ނިންމާފައި ވަނީ މިއަދު އިރުއޮއްސުނުއިރު ރާއްޖޭގެ އެއްވެސް ތަނަކަށް ޝައްވާލުމަހުގެ ހަނދު ނުފެންނާތީ މާދަމާ އަކީ ރޯދަ މަހުގެ ފަހު ދުވަސް ކަމަށެވެ. އަދި އަންނަ ބުރާސްފަތި ދުވަހަކީ މިއަހަރުގެ ޝައްވާލްމަހުގެ ފުރަތަމަ ދުވަސް ކަމަށް ވެސް އިއުލާންކުރެއްވި އެވެ.

އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ދީދީ އިއްވެވި ހަނދާބެހޭ ބަޔާނުގައި ބުނެފައިވަނީ މާދަމާ އަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށް ހަމަޖެއްސީ ރާއްޖޭގެ އެއްވެސް ތަނަކަށް ޝައްވާލް މަހުގެ ހަނދު މިރޭ ފެނިފައި ނުވާތީ އަދި އިސްލާމީ އެއްވެސް ގައުމަކަށް ޝައްވާލު މަހުގެ ހަނދު ސާބިތުވެއްޖެ ކަމުގެ ރަސްމީ ހަބަރު ލިބިފައި ނުވާތީ ކަމަށެވެ.

ފަލަކީ ހިސާބުން ދައްކާ ގޮތުގައި އިސްލާމީ ގިނަ ގައުމުތަކަށް އަންނަ ބުރާސްފަތި ދުވަހަކީ އީދު ދުވަހެވެ. އިސްލާމީ ގިނަ ގައުމުތަކަށް މި އަހަރު 29 ރޯދަ ހިފިއިރު ރާއްޖެ އާއި ތުރުކީގައި 30 ރޯދަ ހިފަންޖެހިފައިވެ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް