ފަހުގެ ޚަބަރު


އިތުރަށް...

ދައުލަތަށް ބޮޑެތި ގެއްލުންތަކެއްވާނެތީ ނެކްސްބިޒްގެ އެއްބަސްވުން އުވާލައިފި

ލިޔުނީ: Unknown - Tuesday, August 6, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ވާނެތީ މެލޭޝިޔާގެ ނެކްސް ބިޒް ކުންފުންޏާ އެކު ވެފައިވާ ބޯޑަރ ކޮންޓްރޯލް އެއްބަސްވުން އުވާލައިފިއެވެ.

މިނިސްޓްރީ އޮފް އެފެއާޒްގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިން ކުރިޔަށް ގެންދާ މޯލްޑިވްސް އިމިގްރޭޝަން ބޯޑާރ ކޮންޓްރޯލްގެ މަޝްރޫއުގެ މަސައްކަތް މެލޭޝިޔާގެ ނެކްސްބިޒް ލިމިޓެޑާ ހަވާލުކުރުމަށް ދިވެހި ސަރުކާރާއި ނެކްސްބިޒާއި ދެމެދު 2010 ވަނަ އަހަރުގެ އޮކްޓޫބަރު 17 ވަނަ ދުވަހު ވެވުނު 39 މިލިއަން ޑޮލަރު ބޯޑާ ކޮންޓްރޯލްގެ އެއްބަސްވުން އުވާލާ އިއްޔެ އިން ފެށިގެން 14 ދުވަހުގެ ނޯޓިސްއެއް އެ ނެކްސްބިޒަށް ސަރުކާރުން ވަނީ ދީފައެވެ.

ިމިގޮތަށް ނިންމާފައިވަނީ، މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުން ކަމަށާއި، އެބައްދަލުވުމުގައި ނެކްސް ބިޒްގެ އެއްބަސްވުމަކީ ދައުލަތަށް ގެއްލުން ބޮޑު އަދި ކުރިއަށް ނުގެންދެވޭނެ އެއްބަސްވުމެއްކަމަށް ކެބިނެޓުން ނިންމާފައިވާކަމަށް މިކަމާއި ގުޅިގެން މިއަދު ބޭއްވި ނޫސްކޮންފަރެންސުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވަނީ ވިދާޅުވެފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ، އެއްބަސްވުން އުވާލައި އިއްޔެގެ ވަގުތެއްގައި ނެކްސްބިޒަށް 14 ދުވަހުގެ ނޯޓިސްއެއް ފޮނުވާފައިވާކަމަށާއި، އަދި އޭގެ ފަހުން ބޯޑާ ބެލެހެއްޓުމުގެ ހުރިހާ ކަމަކާ ސަރުކާރުން ހަވާލުވާނެކަމަށެވެ.

މީގެ އިތުރުން އެއްބަސްވުން އުވާލުމުގެ މަރުހަލާ ވާހަކަ ދައްކައިގެން ކޯޓުގެ ބޭރުން ހައްލުކުރަން ނެކްސް ބިޒާ އެކު ވާހަކަ ދައްކަމުންދާކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ވަނީ ވިދާޅުވެފައެވެ.

ދައުލަތަށް 2.4 ބިލިޔަން ރުފިޔާގެ ގެއްލުމެއްވާނެކަމަށް އޭސީސީން ނިންމާފައިވާ ނެކްސް ބިޒްގެ އެއްބަސްވުން އުވާލިއިރު، އެމެރިކާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ގާއިމްކުރާ ޕައިސީސް ސިސްޓަމް ޖޫން މަހު ބަހައްޓާ ނިމިފައިވާކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހާމަކޮށްފައެވެ. އެހެން ނަމަވެސްނެކްސްބިޒްގެ އެއްބަސްވުން ބާތިލްކުރުމަށްފަހު ބޭނުންކުރާނީ އެމެރިކާ ސަރުކާރުން ދިން ސިސްޓަމްކަން އަދި މުޅިން ނިންމާފައި ނުވާ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހާމަކޮށްފައެވެ.

ބޯޑާ ކޮންޓްރޯލް މަޝްރޫއު އުވާލާ ނެކްސްބިޒާއި އެކު ވެވުނު އެއްބަސްވުން އުވާލަން މިދިޔަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު މަޖިލީހުން ވަނީ ނިންމާފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް