ފަހުގެ ޚަބަރު


އިތުރަށް...

"އަނިޔާ ހަނދާން ނައްތައެއް ނުލެވޭނެ"

ލިޔުނީ: Unknown - Tuesday, August 13, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ފެބްރުއަރީ 7 ގައި އެމްޑީޕީގެ ވެރިކަން ބަޣާވާތަކުން ވައްޓާލީ އަމިއްލަ ފާއިދާއަށް ކަމަށާއި އެހެން ނަމަވެސް އެމްޑީޕީން ވެރިކަމަށް އަންނަނީ ރައްޔިތުންގެ ތަރައްޤީއަށް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އޯގަސްޓް 12 އަދި 13 ފާހަގަކުރުމުގެ ގޮތުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން މިރޭ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ ހިތުގައި އުފެދިފައި އޮތް ސުވާލަކީ އަންނަ ރިޔާސީ އިންތިހާބު އެމްޑީޕީ ކާމިޔާބުކުރާނީ އެއްބުރުން ކަމާއި މެދު އުފެދިފައި އޮތް ސުވާލު ކަމަށާއި، އެހެން ކަމުން މިރޭ އެމްޑީޕީން އެއްވެ ތިބީ އެސުވާލަށް ޖަވާބުދޭން ކަމަށް ވިދާޅުވިއެވެ.

އެތައް ހާސް ބަޔަކާއެކު ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުުވީ އިންތިހާބު ކާމިޔާބު ކުރާނީ ފަސޭހަކަމާ އެކުގައި ރައްޔިތުންގެ ލޯބްތާއި ތާއީދު ލިބިގެން ކަމަށެވެ. ހަތެއް ފެބްރުއަރީގައި ވެރިކަން ވައްޓާލި ދުވަހުވެސް އެމްޑީޕީން ގޮވަމުން ދިޔައީ ރާއްޖޭގެ ރައްޔިތުންނަށްޓަކައި އަނެއްކާވެސް އެނބުރި އަންނާނެ ކަމަށެވެ.

އަދި ވެރިކަން ވައްޓާލި ދުވަހަށް ފަހު ރާއްޖޭގެ ރައްޔިތުންނަށް ދިން އަނިޔާތައް ދުވަހަކުވެސް ހަނދާން ނައްތާ ނުލެވޭނެ ކަމަށާއި އެމްޑީޕީގެ ދަބަހަށް އިންތިހާބު ވަދެ ނިމެނީ، އެމްޑީޕީއަކީ ވައުދުވެ ވައުދު ފުއްދާ ޕާޓީއަކަށް ވުމުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެއްބުރުން މިއިންތިހާބު ކާމިޔާބު ކުރުމުގެ ކިތަންމެ ސަބަބުތަކެއް ފެންނަން އެބަހުރި ކަމަށާއި، ރައްޔިތުން ދަނީ އެތައް ނާޅިއަކުން މިނެ ކިރަމުން ކަމަށްވާއިރު ދެން އަންނަ އެމްޑީޕީގެ ސަރުކާރެއްގައި ވެސް ރައްޔިތުންނަށް ތަރައްޤީގެ ވަރަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ރައީސް ނަޝިދު ވިދާޅުވިއެވެ.

އެގޮތުން 70 ރަށުގައި ނަރުދަމާގެ ނިޒާމް ޤާއިމްކޮށްދޭނެ ކަމަށާއި އެމްޑީޕީން މިރާއްޖެ ސަލާމަތުގެ އައްސޭރިއަކާއި ހަމައަށް ގެންގޮސްދޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެ އިންތިހާބު ކާމިޔާބުކުރާނީ އެއްބުރުން ކަމަށް ވަނީ ވިދާޅުވެފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް