ފަހުގެ ޚަބަރު


އިތުރަށް...

"ލަފު ނުނަގައިފި ނަމަ ކެންސަރަށް ބަދަލުވާ ކަމަށް ޑޮކްޓަރުން ބުނޭ"

ލިޔުނީ: Unknown - Tuesday, August 13, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އުފަންްވިއިރު މޫނުމަތީގައި ކަޅުކަން ގަދަ އާދަޔާ ހިލާފު ބޮޑު ލަފެއް ހުރި ހުރި ތުއްތު ކުއްޖާގެ މޫނުމަތީގައި ހުރި ލަފު ނުނަގައިފި ނަމަ ކެންސަރަށް ބަދަލުވެދާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އިން ބުނެފި އެވެ.

އެ ތުއްތު ދަރިފުޅުގެ ބައްޕަ އަހުމަދު ޝަރީފް މިއަދު ސަންއާ ވާހަކަ ދައްކަވަމުން ބުނީ ދަރިފުޅުގެ މޫނު މަތީގައި ހުރި ލަފުއެކީ ނަގައި މޫނުގެ އަނެއް ފަޅިއެކޭ އެއްގޮތް ކުރުމަށް ދިހަ ސާޖަރީއެއް ހަދަން ޖެހޭނެ ކަމަށާއި އެހާ ގިނަ ސާޖަރީއެއް ހަދަންޖެހޭތީ އެ ސާޖަރީތައް ހަދަން ފަށާނީއެއް އަހަރު ވަންދެން އެ ލަފު އިތުރަށް ފެތުރޭތޯ ބެލުމަށް ފަހު ކަމަށް ވެސް ޑޮކްޓަރުންނާ ހަވާލާދީ އޭނާ ބުންޏެވެ.

"އެހާ ބައިވަރު ސާޖަރީތަކެއް ހަދާއިރު ސާޖަރީ ފަށާނީ ސްޓަޑީއެއް ހަދާފައޭ ޑޮކްޓަރުން ބުނި. ޑޮކްޓަރުން ބުނީ އެމީހުން އެންމެ ފުރަތަމަ ބަލާނީ އެއެތި އިތުރަށް ސްޕެރެޑްވޭތޯ (ފެތުރޭތޯ) ނުވަތަ ސޭޕަށް ބަދަލެއް އާދޭތޯއޭ. ސްޕެެރެޑްވާ ނަމަ އޮޕަރޭޝަން އެއްކޮށް ހަދަން ޖެހޭ. ސްޕެރެޑް ވަންޏާ އެއީ ކުއްޖާ އަށް ނުރައްކަލަކަށް ވެގެންދާނެތީ. އެ އޮޕަރޭޝަންތައް އެއްފަހަރާ ކުރަން ވެސް ޖެހިދާނެ ކަމަށް ޑޮކްޓަރުން ބުނޭ،" ޝަރީފް ބުންޏެވެ.

ނަމަވެސް އެއްފަހަރާ އެ އޮޕަރޭޝަން ކުރާ ނަމަ ލަފު ނެގުމަށް ފަހު ހަން ލައްވަން ޖެހޭނީ ހަށިގަނޑުގެ އެހެން ތަނަކުން ކަމަށާއި އޭރުން ފަހަރުގައި ދަރިފުޅުގެ މޫނުގެ ކުލަ އެއްގޮތް ނުވެދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މޫނުމަތީގައި ހުރި ކަޅު ލަފު ނަގާފައި މޫނުގެ އެފަޅިއަށް ރީތި ހަން ލެއްވުމަށް ޓަކައި "ބެލޫންސް ޓެކްނޮލޮގީ" ބޭނުންކޮށްގެން ރީއްޗަށް ހުރިފަޅިން ލަސްލަހުން ހަން ނަގައިގެން ރަނގަޅު ކުރުމަށް ޑޮކްޓަރުން ވިދާޅުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ޝަރީފް ބުނީ އިންޑިއާގެ ޗެންނާއީ މެޑިކަލް ސާޖަނުންނާއި ކޮސްމެޓިކް ސާޖަނުންނަށް އޭނާގެ ދަރިފުޅު ދެއްކުމުން އެއްވެސް ބަދަލެއް ލަފަށް އާދޭތޯ ބެލުމަށް ދަރިފުޅަށް ތިން މަސް ވުމުން ދެއްކުމަށް އެދިފައިވާ ކަމަށެވެ. އަދި އެ ލަފު އެއްވެސް ވަރަކަށް ފެތުރެމުންދާ ކަމަށްވާ ނަމަ ވީހާ ވެސް އަވަހަކަށް އޮޕަރޭޝަން ކުރަން ޖެހޭނެ ކަމަށް ވެސް ޑޮލްޓަރުންނާ ހަވާލާދީ އޭނާ ބުންޏެވެ.

"ޑޮކްޓަރުން ބުނީ އެ ލަފު އިތުރަށް ފެތުރޭތޯ ބެލުމަަށް ކޮންމެ ހަފްތާ އަކު ދަރިފުޅުގެ ފޮޓޯއެއް ފޮނުވުމަށާއި އެ (ލަފު) ސްޕެރެޑްވާ ނަމަ ނުވަތަ އެއްވެސް ބަދަލެއް އުޅޭކަން ޑޮކްޓަރުންނަށް ފާހަގަކުރެވޭ ނަމަ ވީހާ ވެސް އަވަހަށް އޮޕަރޭޝަން ކުރަން ޖެހޭ ކަމަށް ވެސް ބުނި،" އޭނާ ބުންޏެވެ.

އެ ތުއްތު ކުއްޖާގެ ވާހަކަ މިހާރު ވަނީ އިނގިރޭސިވިލާތުގައި ނެރޭ މަގަޒިންއެއްގައި ވެސް ޖަހައިފަ އެވެ. ޝަރީފް ބުނީ އެމަގަޒިންގައި އެ ވާހަކަ ޝާއިއުކޮށްފައި ވަނީ ދަރިފުޅު އޮޕަރޭޝަން ކުރުމަށް ފައިސާގެ އެހީ ހޯދުމަށް އޭނާ ސޯޝަލް ނެޓް ވޯކްގައި ކެމްޕޭން ކުރި އިރު އޭނާ ބޭރުގެ ޖާނަލިސްޓަކަށް ދިން އިންޓަވިއެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އެ ތުއްތު ކުއްޖާގެ ބޭސްފަރުވާ އަށް ހިނގާ ހުރިހާ ހަރަދެއް ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުންގެ މީދޫ ދާއިރާގެ މެންބަރުން އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެފައިވާ އިރު ފުލުހުންގެ އިދާރާއިންނާުއި ޓީޗާސް އެސޯސިއޭޝަނުން ވެސް ވަނީ އެކުއްޖާ އަށް ފައިސާގެ އެހީ ހަދިޔާކޮށްފަ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް