ފަހުގެ ޚަބަރު


އިތުރަށް...

ބޭރު ގައުމުތަކުގައި ފުލުހުން ބޭތިއްބުން އެއީ ނަޝީދު ސަރުކާރުގެ ނިންމުމެއް: އެމްސީ ހަމީދު

ލިޔުނީ: Unknown - Saturday, August 3, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް އަވަށްޓެރި ގައުމުތަކުގައި ފުލުހުން ގާއިމްކުރަން ނިންމާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވިނަމަވެސް، އެ ނިންމެމުކީ 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ކުރެވިފައިވާ މަސައްކަތެއް ކަމަށް އޭރުގެ އިންޓެލިޖެންސްވެރިޔާ މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއާއި ވާހަކަދައްކަވަމުން ހަމީދު ވިދާޅުވީ ފުލުހުންގެ ލިއެއިޒަން އޮފިސަރުން އިންޑިޔާ، ސްރީލަންކާ އަދި ޕާކިސްތާންގައި ބޭތިއްބުމުގެ މަސައްކަތް 2009 އަދި 2010 ވަނަ އަހަރުގެ ތެރޭގައި ކުރެވިފައިވާކަމަށެވެ.

މީގެ ތެރެއިން ޕާކިސްތާން އަދި އިންޑިޔާގައި ފުލުހުން ބޭތިއްބުމާއި ބެހޭ ގޮތުން ދެގައުމުގެ ސަރުކާރާއި ރާއްޖޭގެ ކަމާއިބެހޭ އިދާރާތަކާއިދެމެދު ރަސްމީގޮތުން މުއާމަލާތްކުރެވި ބަޖެޓްގެ ވޯރކްއައުޓްވެސް ހެދިފައިވާ ކަމަށާއި އަދި ފުރަތަމައަށް ޑިޕޮލޯއި ކުރެވޭނެ ފުލުހުން އޮނިގަނޑެއްގެ ތެރެއިން ފުލުހުންވެސް ހޮވާނިންމާފައިވާ ކަމަށް ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ އެ މަސައްކަތް މުޅިން މުޅިން ފުރިހަމަނުކުރެވި އޮތީ ބަޖެޓް މައްސަލަތަކާއި ގުޅިގެން ކަމަށާއި، މިކަމުން ނެރެދެވޭނެ ނަތީޖާ އާއި މިކަމަށް ހިނގާނެ ޚަރަދާއި ނުބައްދަލުވުން އެކަށީގެންވާކަމެއް ކަމުގައި ދެކެވިގެން ކަމަށް ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ ޤާއިމްވެފައިވާ ސާކް މެކޭނިޒަމްތައް ނުވަތަ ޕޮލިސް ޓު ޕޮލިސް އޮޕަރޭޝަނަލް ކޯޕަރޭޝަން އެގްރީމެންޓްތައް ޤާއިމްކޮށްގެން މިގައުމުތަކުން ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރާކުރުން ހުއްޓުވުމަށް މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ހަމީދު މިހެން ވިދާޅުވެފައިވާއިރު ޕޮލިސް މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރިޔާޒު ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ ފަރާތްތަކުން ގިނަ ފަހަރަށް އެކަންކުރަނީ އަވަށްޓެރި ގައުމުތަކުގެ މީސް މީހުންނާ ގުޅިގެން ކަމަށްވާތީ، އަންނަ އަހަރުން ފެށިގެން އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާގައި ފުލުހުން ގާއިމް ކުރަން އެ މަނިކުފާނު ނިންމާފައިވާ ކަމަށެވެ. އަދި އެއީ މިސަރުކާރުގައި، އަބްދުﷲ ރިޔާޒްގެ ވިސްނެވުމެއްކަމަށް ދޭހަވާގޮތަށް ފުލުސް މީޑިއާގައި ބަސްދީގަތުން ދިންނަމަވެސް، އެއީ އޮޅުވާލުމުގެ ގޮތުން ރިޔާޒް ދެއްކި ވާހަކައެއްކަން މިހާރު މިވަނީ ހާމަވެފައެވެ. އަދި އެއީ ރައީސް ނަޝީދު ސަރުކާރުގައި މާކުރިން ނިންމަވަފާއިވާކަމެއްކަންވެސް މިވަނީ ކަށަވަރުވެފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް