ފަހުގެ ޚަބަރު


އިތުރަށް...

ކުމުންދޫގައި ޕިކަޕަކުން ވެއްޓުނު 10 އަހަރުގެ ކުއްޖަކު މަރުވެއްޖެ

ލިޔުނީ: Unknown - Saturday, August 3, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

ހދ.ކުމުންދޫގައި މިރޭ ޕިކަޕަކުން ވެއްޓުނު 10 އަހަރުގެ ކުއްޖަކު މަރުވެއްޖެއެވެ.
މިހާދިސާގައި މަރުވީ އެރަށު އިކްލީލްގޭ ތަސްލީން މުހައްމަދު އެވެ.
ކުމުންދޫއިން ވާހަކަ ދެއްކި މީހަކު އެމްވީޔޫތަށް މައުލޫމާތު ދެމުން ބުނީ މިރޭ އިރާކޮޅު ކުރުނބާތަކެއް އަރުވައިގެން ބަނދަރު މަތިން ދަތުރުކުރި ޕިކަޕުން ތަސްލީން ވެއްޓުނީ ޕިކަޕް ފަހަތުގައި ކޮޅަށް ހުއްޓަ ކަމަށާއި އެވަގުތު ތަސްލީނާއި އެކު އިތުރު ބަޔަކު ވެސް ޕިކަޕްގައި ތިބި ކަމަށެވެ.
” 7 ޖަހާކަންހާއިރު ޕިކަޕް ބަނދަރުމަތިން ދުއްވާފައި ދިޔައީ، މާ ބާރަކަށް ވެސް ނޫން ދިޔައީ، އެކަމަކު ނޭންގޭ ތަސްލީން ބިންމައްޗަށް ވެއްޓުނު ގޮތެއް، ޕިކަޕްގައި ތިބި މީހުންނަށް ވެއްޓުނުތަން ފެނިގެން ވަގުތުން ސިއްހީ މަރުކަޒަށް ގެންދިޔައީ.” ކުމުންދޫއިން ވާހަކަދެއްކި މީހާ ބުންޏެވެ.
ތަސްލީނު ޕިކަޕުން ވެއްޓުމުން ލިބުނު ގެއްލުންތަކަށް ފަރުވާ ދިނުމަށް ކުމުންދޫ ހެލްތު ސެންޓަރަށް ފަރުވާދޭން ގެންދިޔަ ނަމަވެސް މިރޭ 11 ޖެހިއިރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އިތުރު ފަރުވާ ދިނުމަށް ގެނަ އެވެ. އަދި ތަސްލީން މަރުވެފައިވަނީ ލިބުނު އަނިޔާއަށް ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕިކަޕުން ވެއްޓުމުގެ ސަބަބުން ތަސްލީންގެ ބޮލަށާއި ފުއްޕާމެއަށް ގެއްލުންތަކެއް ލިބިފައިވެ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް