ފަހުގެ ޚަބަރު


އިތުރަށް...

އެމްޑީޕީ ސަރުކާރުގައި ތައުލީމީ ނިޒާމް އިތުރަށް ތަރައްގީ ކުރާނަން: ޑރ. މުސްތަފާ

ލިޔުނީ: Unknown - Saturday, August 3, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އަންނަ ރިޔާސީ އިންތިހާބަށްފަހު އުފެދިގެން އަންނަ އެމްޑީޕީ ސަރުކާރުން މިރާއްޖޭގައި ޤާއިމް ވެގެންދާނީ ދިވެހިރާއްޖެ ތަރައްގީ ކުރުމަށްޓަކައި ބޭނުންވާ ވަސީލަތް ޤާއިމްކުރުމުގެ ތަޢުލީމު ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދުގެ ރަނިންމޭޓް ޑރ. މުސްތަފާ ލުތުފީ ވިދާޅުވެއްޖެއެވެ.

"ނެތޭ ވެވޭކަށް ބަގީއަކަށް" ސިލްސިލާ ބައްދަލުވުމުގެ ތެރެއިން ހުޅު ހެންވޭރު ދާއިރާގެ ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މުސްތަފާ ވިދާޅުވީ، މިރާއްޖޭގެ ތަރައްގީއަށް ބޭނުންވަނީ ތައުލީމީ ނިޒާމް ރަގަނގު ގޮތުގައި ޒަމާނަށް ފެތޭ ގޮތަށް ބައްޓަން ވެގެން ކަމަށްވާއިރު، ތައުލީމުގެ ފެންވަރު މަތިކޮށް އެމްޑީޕީގެ ސަރުކާރުގައި ޤާއިމްކޮށްދެއްވާނެ ކަމަށް ޑރ. މުސްތަފާ ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރުގެ ތައުލީމާއި ބެހޭ ވަޒީރުގެ ގޮތުގައި ހުންނަވައި ތައުލީމީ ދާއިރާއަށް ބޮޑެތި ކުރިއެރުންތައް ގެނުވި ޑރ.މުސްތަފާ ވިދާޅުވީ، މިހާރުގެ ހާލަތަށް ބަލާއިރު ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިތަން ތަޢުލީމީ ދާއިރާއިން ފެންނަމުންދާ ކަމަށެވެ. އެގޮތުން ތައުލީމީ ދާއިރާ އެއްކޮށް ބޮއްސުންލާފައިވާ ކަމަށާއި، ޕްރީ ސްކޫލު ޓީޗަރުންނަށްދޭ މުސާރަ އެއްމަހު ލިބިފައި އަނެއް ދެ މަހު ނުލިބިވާއިރު، ޖޫނިއާރ ކޮލެޖެއް ހަދާ، މަތީ ތައުލީމަށް ފުރުޞަތު ނުލިބޭ ކުދިންނަށް އަލުން ކިޔެވުމަށް ފުރުޞަތު ހުޅުވާލުމުގެ ގޮތުން ތަޢާރަފްކުރަން މަސައްކަތްކުރި ކޮލެޖުގެ މަސައްކަތްވެސް މިސަރުކާރު އައިފަހުން ހުއްޓާލާފައިވާ ކަމަށެވެ.

މިކަން މިހެން ހުރުމާއެކު އެމްޑީޕީ ސަރުކާރުން ރާއްޖޭގައި ނަމޫނާ ސްކޫލުތަކެއް ޤާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވެ، އިންސާނާގެ ކުރިއެރުން އޮތީ ތައުލީމާއި ގުޅިފައި ކަމަށް ޑރ. މުސްތަފާ ފާހަނގަކުރެއްވިއެވެ.

މިރޭގެ ޖަލްސާގައި އިތުރަށް ވާހަކަފުޅުދައްކަވަމުން ޑރ. މުސްތަފާ ވިދާޅުވީ، ދިވެހިން ބަގާވާތަށް ނޫނެކޭ ބުނާނެ ކަމަށާއި އެމަނިކުފާނު އުއްމީދުކުރައްވާ ގޮތުގައި މިރާއްޖޭގެ ވެރިކަން ބަގާވާތަކުން ފޭރިގަތް ބަޔަކަށް، ދިވެހި ރައްޔިތުން ވޯޓް ނުދެއްވާނެ ކަމަށެވެ.

އެހެންކަމުން 'އަނެއް ދިވެހިރާއްޖޭ'ގެ ތައުލީމަށް މަރުޙަބާ ކިޔުމަށް ބޭނުންވާ ފަރާތްތަކުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދަށް ވޯޓް ދެއްވާ، އެއްބުރުން އިންތިހާބު ކާމިޔާބުކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޑރ. މުސްތަފާ ވިދާޅުވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް