ފަހުގެ ޚަބަރު


އިތުރަށް...

އެތައް ދިވެހިންނަށް ޢުމުރާއަށް ދެވޭނެ މަގު ބަންދުވެއްޖެ

ލިޔުނީ: Unknown - Saturday, August 3, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
1434 ވަނަ އަހަރު އަތަމާ ހައްޖު ޤްރޫފުން އުމްރާއަށް ދާން އެދުނު ފަރާތްތަކަށް ވިސާ ނުލިބުމުގެ ސަބަބުން އުމްރާ ދަތުރު ކެންސަލް ކޮށްފިއެވެ.

އުމްރާއަށް ދާން އަތަމާއަށް ފައިސާ ދެއްކި ފަރާތްތަކަށް ވިސާ ހޯދުމަށް އެތައް މަސައްކަތް ތަކެއް ކުރެވުން ކަމަށާއި، ވިސާ ހަމަޖެއްސުމަށް ބޭނުންވާ ދެކޮޅު ޓިކެޓާއި، މައްކާ އަދި މަދީނާ ހޮޓެލާއި ޓްރާންސްޕޯޓް ވެސް ހަމަޖައްސާ ވިސާ ހޯދުމަށް ބޮޑު ހޭދައެއް ކޮށްފައިވާ ކަމަށް އަތަމާ ގްރޫޕުން ބުނެ އެވެ.

އަދި ސައުދީ ވިސާ ނުލިބިގެން އުމްރާ ދަތުރު ކެންސަލް ވީ ނަމަވެސް ފައިސާ ދެއްކި ހުރިހާ ފަރާތްތަކަށް އެއްވެސް އުނިކުރުމެއް ނެތި ދެއްކި ފައިސާ ޖުމްލަ އަދަދު އެފަރާތްތަކާއި ހަވާލު ކުރާނެ ކަމަށްވެސް އަތަމާ ހައްޖު ޤްރޫފުން ބުނެ އެވެ.

އާންމު ރައްޔިތުންނަށް ވިސާ ނުލިބި އުމްރާގެ މަތިވެރި އަޅުކަމުން މަހުރޫމްވެފައިވާއިރު، ރައީސް ކަމަށް އަރާ ވަޑައިގެން ހުންނެވި ވަހީދު ހަސަން މަނިކު އުމުރާއަށް ވަޑައިގެން ސައުދީގެ އިސްވެރިންނާ ބައްދަލު ކުރައްވާ މަންޒަރާއި މައްކާ މަދީނާގައި ނަންގަވާފައިވާ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމު ކުރައްވާފައިވާއިރު އާންމު ރައްޔިތުންގެ ވިސާގެ ކަންތައްތަށް ހައްލު ކޮށްދިނުމަށް އެއްވެސް ވަރަކަށް ބާރު އަޅުއްވާފައި ނުވާކަމަށް ބައެއް ރައްޔިތުން ބުނަމުންގެންދެއެވެ.

އުމުރާގެ މަތިވެރި އަޅުކަން އަދާ ކުރުމަށް ސައޫދީއަރަބިޔާއަށް ދިޔުމުގައި ވިސާ ހޯދުމުގައި އަޔާޓާގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތައް މެދުވެރިކޮށް ވިސާ ދިނުމުގެ ބަދަލުގައި، މީގެ ކުރިންވެސް ދިވެހިންނަށް ފަސޭހަކޮށް ވިސާ ދެމުން ގެންދިޔަ ގޮތަށް ވިސާގެ ކަންތައް ހަމަޖެއްސޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ރޯދަމަހުގެ ކުރީ ކޮޅު ބުނެފައެވެ. އެކަމަކު އެމަސައްކަތުން ނިކުތް ނަތީޖާއެއް ފެންނާކަށް ނެތެވެ.

1434 ވަނަ އަހަރު އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ ސަރުކާރުން ވިސާ ދޫކުރައްވަނީ އަޔާޓާގެ ހުއްދަ ލިބިފައިވާ ކުންފުންޏެއް މެދުވެރިކޮށް ރެޖިސްޓަރކޮށް، ވިސާ އެޕްލިކޭޝަން ސައޫދީ އެމްބަސީއަށް ހުށަހަޅައިގެންނެވެ.

ރާއްޖޭގައި އަޔާޓާ ހުއްދަ ލިބިފައިވާ ކުންފުންޏެއް ނެތުމުގެ ސަބަބުން 2012 ވަނަ އަހަރުން ފެށިގެން ދިވެހިން ސައުދީ ވިސާ ހޯދަމުން ގެންދަނީ އަޔާޓާ ހުއްދަ ލިބިފައިވާ ސްރީލަންކާގެ ކުންފުނިތައް މެދުވެރިކޮށެވެ.

ޙައްޖާއި އުމުރާއަށް މީހުން ފޮނުވާ އަޔާޓާ ހުއްދަލިބިފައިވާ ސްރީލަންކާގެ ކުންފުނިތަކާއި ދިވެހި ޙައްޖާއި ޢުމުރާ ގުރޫޕުތަކުން ގުޅައިގެން ވިސާގެ ކަންތައް ކުރިއަށް ގެންދިޔުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލު ކުރުމަށް ސަޢޫދީ އެމްބަސީއާއި އަދި ޓްރެވެލް އެޖެންސީތަކާއި ވާހަކަދައްކައިގެން މިމައްސަލަ އަވަސް ގޮތަކަށް ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އާންމު ރައްޔިތުންގެ ތެރެއިން ގިނަބައެއްގެ އުމްރާ ކެންސަލް ވެފައިވާއިރު ރައީސް މުހައްމަދު ނަޝީދަށްވެސް ސައުދީ ވިސާ ހަމަޖައްސައިދިނުމުގައި މި ސަރުކާރުން ދަތިތަކެއް ކުރިމަތި ކުރުވި ކަމަށް އެމްޑީޕީން ވަނީ ތުހުމަތު ކޮށްފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް