ފަހުގެ ޚަބަރު


އިތުރަށް...

އިންތިހާބާ ކައިރިކޮށް 50 ފުލުހަކަށް ފުލެޓު ދީފި

ލިޔުނީ: Unknown - Friday, August 2, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ކުރިޔަށް އޮތް ރިޔާސީ އިންތިހާބާ ކައިރިކޮށް ފުލުހުންގެ ހިދުމަތުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ދެމި ތިބި ފުލުހުންގެ ތެރެއިން 50 ފުލުހަކަށް ފުލެޓު ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްފިއެވެ.

އިސްކަންދަރު ކޮށީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ފްލެޓްތައް ދީފައިވަނީ އެކަމަށް އެންމެ ބޮޑަށް ޝަރުތުހަމަވާ ފަރާތްތަކަށްކަމަށް ވަނީ ހާމަކުރައްވާފައެވެ.

ފުލުހުންނާއި ސިފައިންނަކީ ވަރަށް ތަފާތު މަސައްކަތްތަކެއް އަދި ތަފާތު ޚިދުމަތްތަކެއް ދެމުންގެންދާ ބައެއްކަން ފާހަގަކުރައްވައި ރައީސް ވަހީދު ވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޤާނޫނު ދަމަހައްޓަވައި ދެއްވުމަށާއި، އިންތިޚާބަކީ، އޮމާންކަމާއި އަމާންކަމާއެކު ބޭއްވޭ އިންތިޚާބަކަށް ހައްދަވައި ދެއްވުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ބޯހިޔާވަހި ކަމުން މަހުރޫމު ވެފައިވަނިކޮށް ފުލުހުންގެ ތެރެއިން 50 ފުލުހަކަށް ފުލެޓު ލިބުނު ކަމުގެ ލިޔުން ހަވާލު ކުރެއްވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ، ފުލުހުންގެ ޚިދުމަތުގައި ތިބި ގިނަ ފުލުހުންނަކީ، ވަރަށް ދަތީގައި އުޅެމުންގެންދާ އަދި ވަރަށް ދިގު މުއްދަތެއްގައި ދައުލަތުގެ ޚިދުމަތުގައި ދެމިތިބި ފުލުހުން ކަމަށާއި، ފުލުހުންގެ ތެރެއިން ބަޔަކަށް މިރޭ ފްލެޓް ލިބުމަކީ، ވަރަށް އުފާފުޅު ކުރައްވާ ކަމެއް ކަމަށެވެ.

ފުލުހުންނަށް ފުލެޓު ހަމަޖައްސައިދެއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު އަދާކުރެއްވި ދައުރާއި، މި ވޭތުވެދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ފުލުހުންގެ ތަރައްޤީއަށާއި ކުރިއެރުމަށް ކޮމިޝަނަރ ކުރެއްވި މަސައްކަތަށް ރައީސް ވަހީދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އުންމީދަކީ ކުރިއަށް އޮތް ތާނގައި އަޅާ ފްލެޓްތަކުންވެސް ކޮންމެވެސް ބައެއް ފުލުހުންނަށާއި ސިފައިންނަށް ލިބިގެން ދިޔުންކަމަށް މިރޭ ފުލުހުންނަށް ފުލެޓު ހަވާލުކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ވަހީދު ވިދާޅުވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް