ފަހުގެ ޚަބަރު


އިތުރަށް...

ފުލުހުންދަނީ މަރުވެފައި ތިބިމީހުންގެ ނަމުގައި ވޯޓުލުމަށާއި، މިނިވަނުންގެ ގޮތުގައި ތިބި މީހުން ޖަލުތަކުގައި ރެޖިސްޓަރަކުރަމުން: އެމްޑީޕީ

ލިޔުނީ: Unknown - Friday, August 2, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މަރުވެފައިތިބި މީހުންގެ އައިޑީކާޑު ބޭނުންކޮށްގެން ވޯޓު ލުމަށާއި، މިނިވަނުންގެ ގޮތުގައި ތިބި މީހުން އަތޮޅު ވެހީގައި ރެޖިސްޓަރ ކޮށްގެން ވޯޓު އޮޅުވާލުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށް އެމްޑީޕީން ތުހުމަތު ކޮށްފި އެވެ.

އެމްޑީޕީގެ، ކެންޕޭނުތަކާއި ގުޅޭގޮތުން އިއްޔެ އެމްޑީޕީ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެސްގައި އެމްޑީޕީން ބުނީ، ކުރު މުއްދަތު ތަކަށް ފުލުހުން ހައްޔަރު ކުރާ މީހުންވެސް އަތޮޅުވެހީގައި ރެޖިސްޓަރ ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.

އަދި ބައެއް ރަށްރަށުގެ ކައުންސިލަށް ސިޓީ ފޮނުވައިގެން މަރުވެފައިވާ މީހުންގެ ލިސްޓު އެއްކުމުންދާ ކަމަށެވެ. މިފަދަ ސިޓީއެއް ސޯޝަލް މީޑިއާގައިވެސް ވަނީ ލީކުވެފަ އެވެ. 

"އަޅުގަނޑުމެން އަތުގައި އެބަހުރި މިކަމާ ބެހޭ ލިޔެކިއުންތައްވެސް. ބައެއް މީހުން އެބަތިބި ފުރަތަމަބުރުގައި އަދި ދެވަނަ ބުރުގައި ވެސް ވޯޓުލުމަށް ރެޖިސްޓަރ ކޮށްފައި ." އެމްޑީޕީގެ އިލެކްޝަން ކޮމްޕްލެއިން ބިއުރޯގެ މެމްބަރު އަބްދުﷲ ހަސީން ވިދާޅުވި އެވެ. އަދި ހަސީނު ވިދާޅުވީ، ބައެއް ރަށްރަށުގެ ކައުންސިލްތަކަށް ފުލުހުން ސިޓީ ފޮނުވައިގެން މަރުވެފައިވާ މީހުންގެ ރެޖިސްޓްރީ ޗެކް ކުރުނުގެ މަސައްކަތްތައް ފުލުހުން ކުރިއަށް ގެންދާކަމަށެވެ.

ފުލުހުންނާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޑެޕިއުޓީ ޗެއަރ ޕާސަން އަލީ ޝިހާމް ވިދާޅުވީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒުގެ ފަރާތުން ފެންނަނީ ސިޔާސީ ލީޑަރެއްގެ ފަރާތުން ފެންނަ މަންޒަރުތަކެއް ކަމަށާއި، އެކަން އެމްޑީޕީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
މިއަދު އެމްޑީޕީން ބޭއްވި ނިއުސް ކޮންފަރެންސްގައި އެމްޑީޕީން ވަނީ އައިޑީކާޑު ޔުނިޓުގެ ގާބިލު ކަމާމެދުވެސް ސުވާލު އުފައްދާފަ އެވެ. އެ ޕާޓީން ބުނީ 30000 އަށްވުރެ ގިނަ އައިޑީކާޑު އެކްސްޕެއަރ ވެފައިވާއިރު، ސެޕްޓެމްބަރު 7 ގެ ކުރިން އެ ހުރިހާ ކާޑެއް އައު ކުރެވޭނެފަދަ ކެޕޭސިޓީ އެ ޔުނިޓުގައި އޮތްތޯވެސް އެމްޑީޕީން ވަނީ ސުވާލު އުފައްދާފަ އެވެ.

އެމްޑީޕީން ބުނީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް އެތައްބައިވަރު މަސައްކަތްތަކެއް ކުރަމުންދާއިރު، އެ ޕާޓީން އޮބްޒާވަރުންގެ ގޮތުގައި 900 އަށްވުރެ ގިނަ މީހުން ކަނޑައަޅާފައިވާނޭ ކަމަށާއި، އެ އޮބްޒާވަރުން ޓްރޭން ކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށެވެ.
އިންތިހާބަށް ނުފޫޒުފޯރުވުމުގެ ގޮތުން އެމްޑީޕީގެ އަގުލަބިއްޔަތު ނެތް ބައެއް ކައުންސިލް ތަކުން ގެން ދަނީ އިންތިހާބާ ބެހޭ ގާނޫނާ ހިލާފް ގަރާރުތައް ފާސް ކޮށް، އެމްޑީޕީގެ ކެންޕޭނަށް ހުރަސްއަޅަމުން ކަަމަށް އެމްޑީޕީ އިން ތުހުމަތުކޮށްފައިވެ އެވެ.

ބައެއް ޕާޓީތަކުން އެމްޑީޕީގެ މެމްބަރުންގެ އައިޑީކާޑު ހޯދައިގެން އެމްޑީޕީ މެމްބަރުން ރެޖިސްޓަރ ކުރަންޖެހޭ ތަންތަން ނޫން އެހެންތަންތަނުގައިވެސް ރެޖިސްޓަރ ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެމްޑީޕީން ބުނެ އެވެ. އެޕާޓީން ބުނީ މިހާތަނަށް ދިރިއުޅޭރަށްނޫން އެހެން ރަށްރަށުގައި ވޯޓުލާމީހުންގެ 15000 (ފަނަރަހާސް) އަށްވުރެ ގިނަ މީހުންގެ ވޯޓު އެމްޑީޕީން ރެޖިސްޓަރ ކޮށްފައިވާނޭ ކަމަށެވެ.

އެމްޑީޕީގެ ތުހުމަތުތަކާ ގުޅިގެން އަދި "ފުލުހުން ކޮމެންޓެއް ނުކުރެ"  އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް