ފަހުގެ ޚަބަރު


އިތުރަށް...

ބާޣީންތައް ބަލިވަމުންދާއިރު ފަހު ވަކި އެއްލާނެ: ރައީސް ނަޝީދު

ލިޔުނީ: Unknown - Friday, August 2, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ތިންފޫޓް ފިޔަވަޅުގައި ކުރިއަށްދާ ބައެއް ކަމަށާއި އެސްޕީޑަށް ހަރަކާތް ނަގަން ޖެހުނު ސަބަބަކީ ބަޣާވާތުގެ ސަބަބުން ރާއްޖެ ދެފިޔަވަޅު ފަހަތައް ޖެހުން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ކުރިއަށްދާ ފިޔަވަޅު ބާރަށް އަޅަންވީ ކަމަށާއި ފަހަތައް އަޅާ ފިޔަވަޅު އަޅަން ޖެހޭނީ ބުއްދީގެ ބޭނުންކޮށް ވަރަށް ވިސްނުންތެރިކަމާއެކު ކަމަށެވެ.

"ބައެއްގެ މޮޅުކަމަކީ ނުވަތަ މީހެއްގެ މޮޅުކަމަކީ އޭނާ އަރާހުންނަ އުސްކަމެއް ނޫން. ބައެއްގެ މޮޅުކަމަކީ ވެއްޓުނީމާ ތެދުވާލެއް އަވަސްކަން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ވޭތުވެ ދިޔަ ދެއަހަރަކީ ދިވެހިރައްޔިތުންނަށް ވަރަށް ބޮޑެތި ނުތަނަވަސްކަމާއި އެހާމެ ބޮޑެތި އަނިޔާތައް ލިބުނު ދެއަހަރު ކަމަށާއި ނަމަވެސް ފަންނާނުންގެ މިޔުޒިކައި ޅެމާއި ލަވަޔާއި އަދި ކުރަހާ މަންޒަރުތަކުން ހިތްވަރު ލިބިގެން ދާކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މިހާރު މިއޮތް ޤާނޫން އަސާސީއަކީ އެމްޑީޕީގެ ވަރަށް ބުރަ މަސައްކަތުން ގެނައި ޤާނޫން އަސާސީއެއް ކަމަށާއި އެއީ އެންމެ ރަނގަޅު ޤާނޫން އަސާސީއަށް އަދި ނުވިނަމަވެސް އެޤާނޫން އަސާސީން އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމާއި ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަން ލިބުމަކީ ފަންނާނުންނަށްވެސް މިނިވަންކަމާއެކު އެޖާގަ ލިބުނު ސަބަބު ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އަބަދުވެސް ދިވެހިންގެ ހިތުގައި މިފަހަކަށް އައިސް އޮންނަ އެއް ސުވާލަކީ ދެން ބާޣީން ކަންކުރާނީ ކިހިނެއް ކަމާމެދު ކަމަށެވެ.

"އަޅުގަނޑު ހިތައް އަރަނީ އެއްވެސް މީހަކު އެމީހާގެ ކަށްވަޅު އަމިއްލައަކަށް ނުކޮންނާނެޔޭ. އަޅުގަނޑުމެން ހިތައް އަރަނީ ކަނަކަށްވަދެ އަނިޔާވާކަށް އެއްވެސް މީހަކު ދުލެއް ނުކުރާނެޔޭ. ބާޣީންނަށް މިހާރު އަރާނެގޮޅި ހުސްވަމުންދަނީ. ދާބޮނޑީގައި ފަހުވަކި އެއްލާނެއޭ އަޅުގަނޑު ހިތައް އަރަނީ. އެއްލަނީ ފަހުވަކިއެއްލިއެއް ކަމަކު. އަނެއްކާވެސް އަޅުގަނޑުމެން ތިބެންޖެހޭނީ ހަމަ ބަލަން. ވިސްނައިގެން. ރެކެންޖެހޭ ކަންތައް އައިމާ ރެކެން ޖެހޭނެ. ފަހަތައް ޖެހެން ޖެހުނީމާ ޖެހެން ޖެހޭ. ކުރިއަށް ދެމިގަނެވޭ ޗާންސް ލިބުނީމާ ދެމިގަންނަން ވާނެ.އަޅުގަނޑުމެން މިދަނީ ބާރަށް ކުރިއަށް." ރައީސް ނަށީދު ވިދާޅުވިއެވެ.

މިހަފްލާގައި ރާއްޖެ ޓީވީގެ ވެރިޔާ އަކްރަމު ކަމާލުއްދީން ވިދާޅުވީ ދިވެހި ޒުވާނުންނަކީ ވަރަށް ފަންނުވެރި އަދި ޤައުމުގެ ޙާލަތާމެދު ވަރަށް ބޮޑަށް ވިސްނާ ބައެއްކަން ހާމަވެގެން ހިނގައްޖެކަމަށެވެ. މިރޭ އެނގިގެން މިދަނީ ތަރައްޤީއަށް ކުރަން ޖެހޭ ކަންތައްތައް ކަމަށާއި ސިޔާސީ އަދި އިޖްތިމާއީ ހަމަނުޖެހުން ތަކަކީ ޤައުމުގެ ތަރައްޤީ ހުއްޓުވުމަކަށް ގެންނަތަން ކަމަށެވެ.

މަޝްހޫރު ކުރަހާ ރާއްޕެ ޖަޖެއްގެ ހައިސިއްޔަތުން ބުނީ ހީކުރިވަރަށްވުރެވެސް ކުރެހުންތަކުގެ ފެންވަރު ރަނގަޅުކަމަށާއި ރާއްޖެޓީވީގެ މިމަސައްކަތައް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

މިހަފްލާގައި ރައީސް ނަޝީދު  ވަނީ މިކުރެހުމުގެ މުބާރާތުން ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވާފައެވެ. މިމުބާރާތުން އެއްވަނަ ހޯދާފައިވަނީ  ފާތިމަތު ޝަރާ ވަހީދެވެ.
ބާޣީން ބަލިވެ ފަހަތައް ޖެހެމުންދާ ކަމަށާއި އަރާނެ ގޮޅި ހުސްވީމާ ބަލިވެދަމުން ފަހު ވަކި އެއްލާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެ ޓީވީން އިންތިޒާމްކުރި "ދެފިޔަވަޅު ފަހަތައް" ކުރެހުމުގެ މައުރަޒު ހުޅުވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް