ފަހުގެ ޚަބަރު


އިތުރަށް...

ނަޝީދުގެ ފަހަތުގައި ތިބި ބައިގަނޑަކީ ސިޙުރު ޖެހިފައި ތިބި ބައެއް: ޢިމްރާން

ލިޔުނީ: Unknown - Sunday, August 18, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ކުރީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް ނަންބަރު 4 ކަމަށްވާ މުހައްމަދު ނަޝީދުގެ ފަހަތުގައި ތިބި ބައިގަނޑު ތިބީ ސިހުރެއްގައި ޖެހިފައި ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިރޭ ރާޅުގަނޑު ސަރަހައްދުގައި އޮތް ޖުމްހޫރީ ޕާޓީގެ ބޮޑު އެއްވުމުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ނަޝީދު އާއި އެއްވެސް ޒާތީ ހަސަދައެއް ނެއް ކަމަށާއި ނަމަވެސް ނަޝީދު ގެ ވާހަކަ ދައްކަވަން ޖެހެނީ ނަޝީދުގެ ލާދީނީ ސިޔާސަތާއި ލާދީނީ އަމަލުގެ ސަބަބުން ކަމަށެވެ. އެފަދަ މީހަކަށް ރާއްޖޭގެ ވަލީއުލް އަމުރުކަން ލިބެން ނޭދޭތީ ކަމަށް އިމްރާން ވިދާޅުވިއެވެ.

އެހެން ކެންޑިޑޭޓުންނާއި ހިލާފަށް ނަޝީދު ގެ ވާހަކަ އެހާ ފާޅުކަން ބޮޑު ގަތުގައި ދައްކަންޖެހެނީ ނޭނގޭ މީހުންނަށް އަންގައިދިނުމަށް ޤުރުއާންގައިވެސް އަންގަވާފައިވާތީ ކަމަށް އޭނާ ވިދާޅުވިއެވެ. ނަޝީދަކީ އިސްލާމް ދީނާ ދެކޮޅު މީހެއްކަމާއި، އިސްލާމް ދީނުގެ އަދުއްވެއްކަމާއި އަދި އިސްލާމް ދީނާއި ޤައުމިއްޔަތު ނެތި ފަނާކޮށްލުމަށް ނިކަން ރަގަޅަށް ބަޔަކު ތައްޔާރުކޮށްފައި ފޮނުވާފައިވާ އެޖެންޓެއް ކަމަށް އިމްރާން ހާމަކުރެއްވިއެވެ.

ނަޝީދުގެ ވިޔަފާރިއެއް މިލްކިއްޔާތެއް ރާއްޖޭގައި ނެތި ނަޝީދުގެ ކެމްޕެއިނަށް ބިލިޔަނުން ހަރަދުކުރަމުންދާ ކަމަށް އިމްރާން ފާހަގަކުރެއްވިއެވެ. އަދި އެހެން ކެނޑިޑޭޓުންގެ ކެމްޕެއިން ކުރެއްވަން ހޯދާ ލާރީގައި ޖެހޭނީ ހުޅު ޖަހައިގެން ތިއްބަވަން ކަމަށް ނަޝީދު ވަނީ ބުނެފައިކަމަށާއި ނަޝީދަށް ފަންޑު ކުރަމުން ދަނީ ބޭރުގެ ލާދީނީ ޕްރޮޕެގެންޑާ ފަތުރަން ބޭނުންވާ ފައްޅިތަކުން ކަމަށް ޝެއިހް އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވެރިކަމަށް އަތުވެއްޖެނަމަ ތަރައްގީއާއި ޑިމޮކްރަސީވެސް ނާންނާނެކަމަށާއި ނަޝީދުގެ ލާދީނީކަން ފެތުރުން ފިޔަވައި އިތުރުކަމެއް ނުފެންނާނެކަމަށް އިމްރާން ހާމަކުރެއްވިއެވެ. އަދި ހަމަ އެހެންމެ އިމްރާނާއި ޑރ. މައުރޫފު ޖުމްހޫރީ މައިދާނުގައި އިށީނދެގެން ތިއްބާ ހައްޔަރުކޮށް ޖަލަށްލީ ޓެރަރިޒަމްގެ ދައުވާ އުފުލާފައިކަމަށް އޭނާ ވިދާޅުވިއެވެ.

ނަޝީދުގެ ފަހަތުގައި ތިބި ބައިގަނޑަކީ ނަޝީދުފަދައިން ލާދީނީ މީހުންނާއި، ބޮޑެތި ކުށްވެރިން ކަމަށާއި އެމްޑީޕީ ކޮންޓްރޯލް ކުރަނީ އެމީހުންކަމަށާއި ދެނއ އޭނާގެ ފަހަތުގައި ތިއްބެވީވެސް ސިހުރުގައި ޖެހިފައި ތިބި ނާޖާއިޒް ފައިދާ ނަގަން އުޅޭ މީހުން ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ހަމަ އެންމެ ނަޝީދު ސިހުރު ހަދާފައި ވަނީ ލަންކާއިންނާއި އިންޑިޔާއިން މީހުން ގެނެސްގެން ސިހުރު ހަދައިގެން ރައްޔިތުންނަށް ކާން ދީގެން ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް