ފަހުގެ ޚަބަރު


އިތުރަށް...

އަހަރު ވެރިކަމުގައި ތިބި އެނދެރިމާގޭ އާއިލާއަށްވެސް ވެރިކަން ލިބޭކަށް ރައްޔިތުން ނޭދޭ – ތަސްމީން

ލިޔުނީ: Unknown - Sunday, August 18, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

ތިރީސް އަހަރުވަންދެން ވެރިކަމުގައި ތިއްބެވި އެނދެރިމާގެ އާއިލާގެ މީހުންނާއި އަދި ކާމިނީގޭ އާއިލާގެ މީހުންގެ އަތްމައްޗަށް އަލުން ވެރިކަން އައުމަށް ރައްޔިތުން ނޭދޭ ކަމަށް ގައުމައިގެން ކުރިޔަށް ކޯލިޝަން ގެ ރަނިންގ މޭޓް އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެއެވެ.

މިއަދު މ. ރާވެރިޔާގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ތަސްމީން ހާމަ ކުރެއްވި ގޮތުގައި އެބޭފުޅުން އެންމެ ފަހުން ހެދިގޮނޑުދޮށުގައި ބެއްވި ޖަލްސާ ގައި ގާސިމް އަކީ ‘މަހުޖަނެއް’ ކަމަށް ބުނެފައި ވަނީ އެއްވެސް މީހަކަށް ދެރަ ބަހެއް ބުނުމުގެ ނިޔަތުގައި ނޫން ކަމަށާއި ހަގީގަތުގައިވެސް ރާއްޖޭގައި ހުރި އެންމެ ބޮޑު މަހުޖަނު ވެރިކަމަށް އަރައިފި ނަމަ އެކަމުގެ ސަބަބުން މަސްލަހަތައް ފުށު އަރާނެ ކަމަށް ތަސްމީން ހާމަކުރެއްވިއެވެ.

މި ބީދައިން ވާހަކަ ދައްކަވަމުން ތަސްމީން ވަނީ ގާސިމް އަށް އެބޭފުޅާގެ ހުރިހާ އިންޓަނޭޝަނަލް އަދި އެހެން ހުރިހާ ވިޔަފާރިއެއް ވެރިކަމަށް އައުމަށް ފަހު ހިންގަވަން ގެންގުޅުއްވާ ނިޒާމެއް ހާމަ ކޮށްދިނުމަށް ގޮވާލާފައެވެ. އަދި ރައްޔިތުންނަށް ސަރުކާރު ހިންގުމާއި، ވިޔަފާރި ކުރުން ފުށު ނާރާނެ ގޮތެއް ގާސިމް ކިޔާދޭން ޖެހޭ ކަމަށް ވެސް ތަސްމީން ވިދާޅުވިއެވެ.

ތަސްމީން އިތުރަށް ވިދާޅުވި ގޮތުގައި ކޯލޝަނުން ބޭނުންވީ ރައްޔިތުންނަށް ހަގީގަތް ހާމަ ކޮށްދިނުމަށް ކަމަށް ނަމަވެސް މިހާރު ގާސިމް އެބޭފުޅާއަށް މާލާމަތުގެ’ ބަސްތައް ބޭނުން ކުރަމުންދާތީ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް