ފަހުގެ ޚަބަރު


އިތުރަށް...

ކުއްތާއެއް ފާކުރެއްވުމަށް އެދި ރަސޫލާ ކުރެއްވި ދުއާ މުސްލިމެއްގެ މައްޗަށް ކުރެއްވުން ހުއްދަވެގެން ނުވޭ: ދީނީ އިލްމްވެރިން

ލިޔުނީ: Unknown - Sunday, August 18, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އދ. މަހިބަދޫގައި ބޭއްވި ޖުމްހޫރީ ގުޅުމުގެ ކެންޕޭން ޖަލްސާއެއްގައި ޝަހީމް ވިދާޅުވީ ކެނެރީގޭ މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލު ކުރުމަށް އޭނާ ކޮންމެ ނަމާދެއްގެ ސައިޖިދައިގައި ދުއާ ކުރެއްވި ކަމަށެވެ.

" ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ މޫނުފުޅަށް ކުޅުޖެހިއިންސާނާގެމައްޗަށް ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ކުރެއްވި ދުޢާއަޅުގަނޑުކުރަމުން ދިއައިން ކޮންމެ ނަމާދެއްގެ ސަޖިދައިގާ. اللهمسلطعليهكلبامنكلابك“އޭ ﷲއޭ! އިބަރަސްކަލާނގެ ކުއްތާތަކުގެ ތެރެއިންކުއްތާއެއްއެމީހާގެ މައްޗަށް ފާކުރައްވާނދޭވެ!” ރަސޫލުﷲ ޞައްލަﷲއަލައިހިވަސައްލަމްގެ މޫނުފުޅަށް ކުޅުޖެހި މީހާއަށް ދުއާކުރެއްވިއެމީހާގެމައްޗަށް. އެމީހާ ދަތުރަކު ގޮސް ކޮންމެސް ތަނެއްގައިނިދާފައިއޮއްވާ މިނިކާ ކުއްތާއެއް އަރައިގެން އައިސް އެންމެންގެވަސްބަލަމުންގޮސްއޭނަގެ ވަސްބަލާފަ އޭނާ ދުވަސް ދުއްވާލާފަ ދިޔައީ." ޑރ ޝަހީމް އެ ޖަލްސާގައި ވިދާޅުވެފައިވެ އެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅުވީ ރަސޫލާ އެ ދުއާ ކުރެއްވީ މުސްރިކެއްގެ މައްޗަށް ކަމަށާއި މުސްލިމެއްގެ މައްޗަށް އެ ދުއާ ކުރެއްވުން ހުއްދަވެގެން ނުވާނެ ކަމަށެވެ.

ޑރ. ބާރީ ވިދާޅުވީ ކީރިތި ރަސޫލާ އެދުޢާ ކުރައްވާފައިވަނީ ރަސޫލާއަށް ފުރައްސާރަކުރަމުންދިޔަ މީހަކުއެކަލޭގެ ފާނުގެ މޫނުފުޅަށް ކުޅުޖެހުމުންކަމަށާއި، ރަސޫލުﷲގެ ފާނު މިފަދަ ކަންތައްތައް ނަހީކުރައްވާފައިވާކަމަށާއި،މުސްލިމުން އެކަކު އަނެކަކު ގުޅިގެން އުޅުމަށް ރަސޫލުﷲގެ ފާނު އިރުޝާދުދެއްވާފައިވާ ކަމަށެވެ.

ޝެއިޚް ނަސްރުﷲ މުސްތަފާވެސް ވިދާޅުވީ މުސްލިމެއްގެ މައްޗަށް " ބަދު ދުއާ " ކުރުން ހުއްދަވެގެން ނުވާ ކަމަށެވެ.

ނަސްރުﷲ ވިދާޅުވީ ތިފަދަ ކަމެއް ހިނގާފައި އޮތީ ރުޅިވެރިކަމެއްގެ ސަބަބުން ކަމަށާއި، ބަދު ދުއާ ކުރުމުގެ ބަދަލުގައި ކުރަން ޖެހޭނީ އެމީހަކަށް ތެދުމަގު ދައްކަވާތޯ ކަމަށެވެ.

" ބަދު ދުއާ ކުރުމެއް ނެތް. މުސްލިމުންގެ މައްޗަށް އޮތީ ހެޔޮ ދުއާކުރުން" އޭނާ ވިދާޅުވި އެވެ.

ޑރ. އަބްދުއް ސައްތާރުވެސް ވިދާޅުވީ މުސްލިމެއްގެ މައްޗަށް އެފަދަ ދުއާއެއް ނުކުރެވޭނެ ކަމަށެވެ.
ކުއްތާއެއް ފާކުރެއްވުމަށް އެދި ރަސޫލާ ކުރެއްވި ދުއާ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރެއްވި ކަމަށް އިސްލާމިކް މިނިސްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވުމާ ގުޅިގެން އެއީ ހުއްދަވެގެން ވާނެ ކަމެއް ނޫން ކަމަށް ދީނީ އިލްމްވެރިން ވިދާޅުވެއްޖެ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް