ފަހުގެ ޚަބަރު


އިތުރަށް...

"ބަށި ރާނީ"އަކަށް ލ. ގަމު ކާމިނީ ސްޕޯޓްސްގެ ލުބްނާ

ލިޔުނީ: Unknown - Sunday, August 18, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ ބަށި ރާނީ އައިޝަތު ލުބްނާ
ރަށު ފެންވަރުގައި ވެސް، އަތޮޅު ފެންވަރުގައި ވެސް ބައްޓަށް މޮޅު ކާމިނީ ސްޕޯޓްސްގެ އައިޝަތު ލުބުނާ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގެ މިއަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ (ބަށި ރާނީ)ގެ މަގާމު ހޯދައިފި އެވެ.

ސްކޫލް ދައުރުން ފެށިގެން ބަށި ކުޅުމުގެ އިތުރުން ވޮލީބޯޅަ ކުޅެމުންވެސް އަންނަ ލުބްނާ ބުނީ ކުޑައިރުއްސުރެ ވެސް ބަށިކުޅެން ޝައުގުވެރިކަން ހުންނަ ކަމަށާއި "ބަށި ރާނީ"ގެ މަގާމު ހާސިލް ކުރުމަކީ އަބަދު ވެސް ކުރަމުން އަންނަ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. މިއަހަރު ބަށި ރާނީގެ މަގާމު ލިބޭނޭ ކަމުގެ ވަރަށް ބޮޑު އުއްމީދު ވެސް ކުރި ކަމަށް ލުބުނާ ބުންޏެވެ.

ލ. ތުނޑީ އަވަށަށް އުފަން އުމުރުން 19 އަހަރުގެ ލުބުނާއަކީ އިހައްދޫ ބަށި މުބާރާތުގެ ނަމުގައި 2008 ވަނަ އަހަރު ލ. އަތޮޅުގައި ބޭއްވި ބަށި މުބާރާތުގެ ބަށި ރާނީގެ މަގާމް ހޯދާފައިވާ ކުޅުންތެރިއެކެވެ. އަދި މިއަހަރު ލ. ގަމުގައި ބޭއްވި ކާމިނީ ސްޕޯޓްސް ބަށި މުބާރާތުގެ ބަށި ރާނީގެ މަގާމު ވެސް ހޯދާފައި ވަނީ ލުބްނާ އެވެ.

ލުބްނާ ބުނީ "ރަނގަޅަށް ބަށި ކުޅެން ފެށީ" އުމުރުން 13 އަހަރުގަ އެވެ. އެއީ 2007 އަހަރު އެވެ. އޭރުއްސުރެ ވެސް ރަނގަޅު ފެންވަރެއްގައި ބަށިކުޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި ބައްޓަކީ ރާޖޭގައި ކުރިއެރުވިދާނެ އަދި ކުރިއަރުންވަން ރަނގަޅު ކުޅިވަރެއް ކަމަށް ލުބްނާ ބުންޏެވެ.

"އަޅުގަނޑު އެދެން ސަރުކާރާއި އަދި އެހެން ފަރާތްތަކަށްވެސް މި ކުޅިވަރު ރާއްޖޭގައި ކުރިއަރުވަން ހިތްވަރު ދޭށޭ،" ލުބްނާ ބުންޏެވެ. "މިއީ ވަރަށް ރަނގަޅު ކުޅިވަރެއް ހާއްސަކޮށް އަންހެން ކުދިންނަށް."

ލުބުނާ ބުނި ގޮތުގައި ބަށި ކުޅުމަށް ހިތްވަރު ލިބުނީ މަންމަމެގް ދިން އެއްބާރުލުމުގެ ސަބަބުންނެވެ. އަދި އެފަފަ ކާމިޔާބީއެއް ލިބުނީތީ ލުބުނާ ފުރަތަމަ ވެސް ހަމްދުކުރީ ﷲއަށެވެ. "އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކޮށްލަން ބޭނުންވޭ އަޅުގަނޑު ހެއްދެވި ފަރާތަށް. ދެން މަންމައަށާއި ބައްޕައަށް،" ލުބްނާ ބުންޏެވެ. "ކުޅުންތެރިންގެ ހިތްވަރާއި މަންމަމެން ދިން ހިތްވަރާ އެކީގައި، މި ލިބުނީ އަޅުގަނޑު އަވަދުވެސް ވަރަށް ބޮޑަށް އުންމީދު ކުރާ މަގާމެއް."

ލުބުނާ ކުޅެމުންއަނަ ޓީމް ކާމިނީ ސްޕޯޓްސްގެ މެނޭޖަރު އައިޝަތު ޝިޔާނާ ބުނީ، ލުބްނާއަކީ އެ ޓީމުގެ ރޫހު ކަމަށާއި އަދި ބަށި ކުޅުމުގެ ހުނަރު ހުރި މޮޅު ކުޅުންތެރިއެއް ކަމަށެވެ.

"ސްކޫލްގަ އުޅުނު އިރުވެސް ލުބްނާއަކީ ވަރަށް މޮޅަށް ބަށި ކުޅޭ ކުއްޖެއް. މިހާރު ރަށުގައި ހުރި އެންމެ މޮޅުބަށި ކުޅުންތެރިޔާގެ އިތުރުން އެއީ އަޅުގަނޑުމެންގެ ޓީމުގެ ރޫހު،" ބަށި ރާނީއާ ބެހޭގޮތުން ކާމިނީ ސްޕޯޓްސްގެ މެނޭޖަރު ބުންޏެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގެ ބަށި ރާނީގެ މަގާމަށް ހޮވުމުން ލުބްނާއަށް ވަނީ، މޯލްޑިވިއަންގެ ފަރާތުން ޗެންނާއީއަށް ދެކޮޅު ޓިކެޓާއި އެސްޓީއޯއިން ހުށަހެޅި 3،500ރ. ގެ ފައިސާގެ އިނާމް ލިބިފަ އެވެ. މިފަހަރުގެ ބަށި ރާނީގެ މަގާމަށް ލުބްނާ ހޮވުނީ ހުރީހާ މެޗަކުން ޖުމުލަ 733 ޕޮއިން ލިބިގެންނެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތަކީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ އަގު ބޮޑު ބަށި މުބާރާތެވެ.

އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 100،000ރ. ރަނަރަޕް ޓީމަށް 50،000ރ. ތިންވަނަ ޓީމަށް 25،000ރ. އަދި ފެއަޕްލޭ ޓީމަށް 10،000ރ. ގެ ފައިސާގެ އިނާމް ދީފަައިވެ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް