ފަހުގެ ޚަބަރު


އިތުރަށް...

އަޅުގަނޑު އެދެނީ ހަމަ އެއްބުރުން ހޮވިވަޑައިގެންނެވުން - ފިލްމީތަރި ނިޢުމާ

ލިޔުނީ: Unknown - Sunday, August 18, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ނިޢުމާ މިހާރު ކުޅެމުން އަންނަ ފިލްމެއްގެ ޝޫޓިން ގައި  - ފޮޓޯ: ނިޢުމާ ފޭސްބްކް ޕޭޖް
ދިވެހި ފިލްމީ ދުނިޔޭގެ އެންމެ އަލިގަދަ އަންހެންތަރި ނިޢުމާ މުޙައްމަދު ރައީސް މުހައްމަދު ނަޝިދު އެއްބުރުން ހޮވިވަޑައިގަތުމަށް އެދޭކަމަށް ބުނެފިއެވެ. ނިޢުމާ މިހެން ބުނީ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އިއްޔެއެވެ.

'އަޅުގަނޑު އެދެނީ ރައީސް ނަޝީދު ހަމަ އެއްބުރުން ހޮވިވަޑައިގެންނެވުން." ރައީސް ނަޝީދުގެ އަތްޕުޅުން ފިލްމީ އެވޯޑް ލިބުނު ދުވަހުވެސް އެހާއުފާވިކަން ފާޅުކުރަމުން ނިޢުމާ ބުންޏެވެ.

ނިޢުމާ ރައީސް މުޙައްމަދު ނަޝިދަށް ތާއިދުކުރާ ސަބަބަުތަކުގެ ތެރެއިން އެންމެބޮޑަށް ފާހަގަކުރަނީ އެމްޑީޕީ ސަރުކާރުގެ އޯގާތެރި ސިޔާސަތުތައް ކަމުގައި ބުނެއެވެ. ނިޢުމާ ބުނީ ދޮށީ އުމުރު ދިވެހިންނަށާއި، ޔަތީމު ކުދިންނާއި އެކަނިވެރި މައިންނަށް ދައުލަތަުން ޚާއްސަ އެހީ ދެއްވާތީ އެކަމާ އުފާކުރާ ކަމަށެވެ.

ނިޢުމާ ބުނީ ރައީސް ނަޝީދުގެ ފޭނެއްގެ ގޮތުގައި ހުންނަތާ ދުވަސްތަކެއް ވެއްޖެކަމަށެވެ. ނަމަވެސް މިކަން ރަސްމީ ސިފައެއްގައި ނިޢުމާ މީޑިއާއާއި ހިއްސާކުރި މިއީ ފުރަތަމަ ފަހަރެކެވެ.

ނިޢުމާ އަކީ 35 ފީޗަރ ފިލްމަށްވުރެން ގިނަ ފިލްމު ކުޅެފައިވާ ކުޅަދާނަ ފަންނާނެކެވެ. ފިލްމު ޑައިރެކްޓް ކުރުމުގައިވެސް ފެންނަމުން އަންނަ ތަރިއެކެވެ. ނިޢުމާ މިވަގުތު ކުޅެމުންގެންދަނީ އޭނާ ތަފާތު ސިފައެއްގައި ފެނިގެންދާނެ ފިލްކެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް