ފަހުގެ ޚަބަރު


އިތުރަށް...

އެމްޑީޕީގެ “އޯގާތެރި ސަރުކާރު، އޯގާތެރި މުޖުތަމައު: އިންސާފުވެރި ތަރައްގީ”ގެ ސިޔާސަތު ލ. ގަމުގައިވެސް އިފްތިތާހް ކޮށްފި

ލިޔުނީ: Unknown - Sunday, August 18, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އެމްޑީޕީގެ “އޯގާތެރި ސަރުކާރު، އޯގާތެރި މުޖުތަމައު: އިންސާފުވެރި ތަރައްގީ”ގެ ސިޔާސަތު މިމަހުގެ 16 ވަނަ ދުވަހު ހަވީރު ރައީސް މުޙައްމަދު ނަޝީދު މިއަދު އިފްތިތާޙްކޮށްދެވުމަށްފަހު ލ. ގަމުގައި ވެސް އެކަން އިފްތިތާހް ކޮށްފިއެވެ. މިކަން އިފްތިތާހް ކޯށްދެއްވަމުން އެމްޑިޕީ ޕާލިމެންޓް މެންބަރު ހާމިދު ޢަބްދުލް ޣަފޫރު ވިދާޅުވީ އެމްޑީޕީގެ 5 އަހަރުގައި އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމް ހިންގުމަށް 16 ބިލިއަން ރުފިޔާ ޚަރަދު ކުރުމަށް އެމްޑީޕީން ރާއްވަވާފައިވާކަމުގައެވެ. އަދި މިކަން ކުރުމަށް އާމްދަނީ އިތުރުކުމަށް އާމްދަނީން ނެގޭ ޓެކްސްވެސް ތަޢާރަފްކުރައްވާނެކަމުގައި ވިދާޅުވިއެވެ.

އެމްޑީޕީގެ ގެ ސިޔާސީ ފަލްސަފާއަކީ މެދުމިނުގެ ވިސްނުންކަމަށާއި އެމްޑީޕީގެ ސިޔާސަތުތަކާއެކު ދައުލަތުގެ އާމްދަނީ އިތުރުވެ، އިޖްތިމާޢީ ރައްކާތެރިކަމަށް ކުރާ ޚަރަދު އިތުކުރެވޭނެ ކަމުގައި ވިދާޅުވިއެވެ. އެމްޑީޕީގެ 3 އަހަރުގައި އިޖްތިމާޢީ ރައްކާތެރިކަމަށް ޚަރަދު ކުރުމުން މިއަދު އެކަމުގެ ނަތީޖާ ފެންނަ ކަމުގައި ހާމިދު ވިދާޅުވިއެވެ. އެގޮތުން 2008 ވަނަ އަހަރުގައި ދޮށީ އުމުރުގެ މީހުންނަށް ދެވެން ފެށި އިނާޔަތްތަކުގެ ސަބަބުން މިއަދު އެމީހުންގެ ދިރިއުޅުމުގެ ޙާލަތު އެތައް ގޮތަކުން ފެންވަރު މަތި ކަމުގައި ފާހަގަ ކުރެއްވިއެވެ.

އެމްޑީޕީގެ އޯގާތެރި ސަރުކާރު ސިޔާސަތު އިފްތިތާޙްކޮށްދެއްވަމުން ހާމިދު ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ 5 އަހަރުގެ ތެރޭގައި 16 ބިލިއަން ރުފިޔާ އިޖްތިމާޢީ ރައްކާތެރިކަމުގެ ސިޔާސަތުތަކަށް ޚަރަދު ކުރުން ކަމުގައެވެ. ދޮށީއުމުރުގެ މީހުންނަށް ދެވޭ އިނާޔަތް، ދިވެހިކޮންމެ ރައްޔިތަކަށް ހިލޭ ބޭސްފަރުވާ ކުރުމާއި، އެކަނިވެރި މައިންގެ އިނާޔަތާއި، ޔަތީމު ކުދިން ބަލަހައްޓާ ފަރާތްތަކަށް ދެވޭ އެހީއާއި، ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ދެވޭ އެހީ، ގެދޮރުގެ ދަތިކަން ހުރި މީހުންނަށް ދެވޭ އެހީ، މަތީ ތަޢުލީމު ހާސިލް ކުރުމާ ދެވޭ އެހީ، ކަރަންޓަށް ދެވޭ އަސާސީ އެހީ، ސިއްހީކަންކަމާއި ތައުލީމާ ގުޅުވައިގެން ދެވޭ އެހީ، އާއިލާ ބިނާ ކުރާ މައިން/ބަފައިންގެ ސަޕޯޓް އަދި ހުނަރުވެރި ދިވެހިންނަށް ބޭރު މީހުންގެ ބަދަލުގައި ވަޒީފާ ދިނުމަށް ދެވޭ އިންސެންޓިވް މި ސިޔާސަތުގެ ދަށުން ހިމެނިފައިވާކަމަށް އެމްޑީޕީގެ ސިޔާސަތު ބުނެއެވެ.

ދައުލަތުން ޒިންމާވާންޖެހޭ ހުރިހާ ސިއްހީ އިންޝުރަންސް އާސަންދައިގެ ދަށުން ހިމޭނޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އާސަންދައިގެ ދަށުން ރައްޔިތުންނަށް ފޯރުކޮށްދެވޭ އެހީތެރިކަމަކީވެސް އޯގާތެރި ސަރުކާރުގެ ތެރެއިން ކުރެވޭނެ ޚަރަދުތައްކަމުގައި މި ސިޔާސަތު ފާހަގަ ކުރެއްވިއެވެ. ދިރިއުޅުމުފެނވަރު ހަމަހަމަކުރުމަށް އެއްމަހުގެ މައްޗަށް އާއިލީ އާމްދަނީ 25000 އަށްވުރެ މަދުން ލިބޭ ފަރާތްތަކަށް ގެދޮރު ނުވަތަ ފްލެޓް ގަތުމަށް މާލީ އެހީ ދެވޭނެ ކަމުގައި މި ސިޔާސަތު ބުނެއެވެ. މަތީތައުލީމް ހާސިލް ކުރުމަށްވެސް ލޯނުގެ އެހީއާއި ގްރާންޓް ދެވޭނެ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން އާއިލާ ބިނާކުރާ މައިންބަފައިންނަށް އެއާއިލާއެއްގެ ވަޒީފާ އަދާކުރާ ފަރާތްތަކުން އާއިލާ ބިނާކުރާ ‘މަންމަ’ އަށް އެލަވަސްދިނުމަށް މަހަކު 560 ރުފިޔާގެ ހިއްސާއެއް ދެއްކުމުން މިއަދަދަށް ސަރުކާރުން ލައިގެން މިފަދަ އެލަވަންސްއެއް ކޮންމެ ގެޔަކަށް ދެވޭނެ ކަމުގައިވެސް މި ސިޔާސަތުން ހާމަކުރެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް