ފަހުގެ ޚަބަރު


އިތުރަށް...

ރައިސް ނަޝީދާއެކު ކޮލޮމްބޯގައި ބޭއްވުނު “އެއްބުރުން” ބައްދަލުވުމަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު

ލިޔުނީ: Unknown - Sunday, August 18, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދާއެކު ކޮލޮމްބޯގައި މިއަދު (17 އޮގަސްޓް 2013)ހަވީރު ބޭއްވުނު “އެއްބުރުން” ބައްދަލުވުމަށް ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. މިބައްދަލުވުމުގައި އެއް ހާހާއި ގާތް ކުރާ ވަރަށް ދިވެހިން ބައިވެރިވެ ރައީސް ނަޝީދަށް ވަރަށްވެސް ކުލަގަދަ އަދި އެހާމެ ފުރިހަމަ މަރުހަބާއެއް ދަންނަވާފައެވެ. ޕާލިމެންޓަރީ ގުރޫޕުގެ ބައެއް މެންބަރުންނާއި ޕާޓީގެ އިސް އޮފިޝަލުންވެސް ބައިވެރިވި މި ބައްދަލުވުން ބޭއްވުނު މާލަމަށް ގިނަ އަދަދެއްގެ އެމްޑީޕީގެ މެމްބަރުންނާއި ސަޕޯޓަރުން ވަނީ ހާޒިރުވެފައެވެ.

ޖަލްސާގެ ބައިވެރިންނާއި މުހާތަބުކުރައްވާ އެމަނިކުފާނު ވަނީ ޕާޓީގެ ވައުދު ތަކާއި ސިޔާސަތުތަކުގެ މައްޗަށް ބިނާކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. ބައްދަލުވުމަށްފަހު ކޮލޮމްބޯގައި ހުންނަ ޕާޓީގެ ޖަގަހަވެސް ރައީސް ނާޝީދު ވަނީ މިއަދު ހުޅުއްވައިދެއްވާފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް