ފަހުގެ ޚަބަރު


އިތުރަށް...

ޕީޕީއެމް ރިޔާސީ ކެންޑިޑޭޓްގެ ރަނިންގ މޭޓަށް ލ. އަތޮޅުން ފިނި ތަރުޙީބެއް

ލިޔުނީ: Unknown - Saturday, August 3, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޑރ. ޖަމީލަށް މާވަށުން މަރުޙަބާ ކިޔުން - ފޮޓޯ: މާވަށު ދާއިރާ ފޭސްބްކް ޕޭޖް
ޕީޕީއެމް ރިޔާސީ ކެންޑިޑޭޓްގެ ރަނިންގ މޭޓް ޑރ. މުޙައްމަދު ޖަމީލު ޢަހްމަދު އާއި އޭނާގެ ޓީމުން މިއަދު ލ. އަތޮޅަށް ފަށާފައިވާ ދަތުރުގައި ރަށްރަށުން ލިބެމުން ދަނީ ވަރަށް ކުޑަ ތަރުޙީބެއް ކަމަށް އެލްއޭ ނިއުސް އަށް މަޢުލޫމާތު ލިބިއްޖެއެވެ.

ޑރ. ޖަމީލު އަށް މަރުޙަބާ ކިޔުމަށް ލ. ކައްދޫ ވައިގެ ބަނދަރަށް ގޮސްފައިވަނީ 12 އަންހެނުންނާއި 19 ފިރިހެނުން ކަމަށް އެލްއޭ ނިއުސް އަށް މަޢުލޫމާތު ދިން މީހަކު ބުންޏެވެ. މީގެ އިތުރުން މިއަދު ލ. ހިތަދުއަށް ވަޑައިގަތުމުންވެސް ޖަމީލަށް މަރުޙަބާ ކިޔުމަށާއި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ 30 މީހުން ކަމަށް ހިތަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ޕީޕީއެމްގެ ޖަލްސާއެއް މިރޭ މާވަށުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މިއަދު ހަވީރު ޖަމީލަށް މަރުޙަބާ ކިޔުމަށް މާވަށު ބަނދަރު ސަރަޙައްދަށް ގޮސްފައިވަނީވެސް 30 މީހުން ކަމަށް މާވަށުން މަޢުލޫމާތު ލިބެއެވެ.

މި ދަތުރުފުޅުގައި ލ. ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއް ރަހީމް ޢަބްދުﷲ އާއި މާވަށު ދާއިރާގެ މެންބަރު ޢަބްދުލް ޢަޒީޒް ޖަމާލް އަބޫބަކުރު ބައިވެރިވެލައްވައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް