ފަހުގެ ޚަބަރު


އިތުރަށް...

"ނެތޭ ވެވޭކަށް ބާޣީއަކަށް" މި ނަމުގައި މުސްޠަފާލުޠުފީގެ ކެމްޕެއިން ދަތުރުފުޅުގައި މިއަދު ލ. އަތޮޅަށް

ލިޔުނީ: Unknown - Sunday, August 4, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޑރ. މުސްޠަފާ ލުޠުފީ މޑީއާއަށް މަޢުލޫމާތު ދެއްވަނީ - ފޮޓޯ: އެމްޑީޕީ
ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑީޑޭޓް ރައީސް ނަޝީދުގެ ރަނިންގމޭޓް ޑރ. މުސްތަފާ ލުތުފީ “ނެތޭ ވެވޭކަށް ބާޣީއަކަށް” މި ނަމުގައި މިދިޔަމަހު 20 ގައި ފެށި އެމްޑީޕީގެ “އެއްބުރުން” ކެމްޕެއިން ދަތުރުފުޅުތަކުގެ ތެރެއިން މިއަދު ލ. އަތޮޅަށް ވަޑައިގަންނަވާނެ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

މި ދަތުރުފުޅުގައި ޑރ. މުސްޠަފާ ލުތުފީގެ އަރިހުގައި އެމްޑީޕީގެ ޗެއަރޕަރސަން ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުވެސް ވަޑައިގެންނެވުމަށް ހަމަޖެހިފައި ވެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުން މުސްޠަފާ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހުގެ ފްލައިޓުން ކައްދުއަށެވެ.

 މުސްތަފާގެ ކެމްޕޭން ޖަލްސާއެއް މިރޭ ފޮނަދޫގައި ބާއްވާގޮތަށްވެސް ހަމަޖެހިފައި ވެއެވެ.

“ނެތޭ ވެވޭކަށް ބާޣީއަކަށް”މި ނަމުގައި ޑރ. މުސްތަފާ ލުތުފީ ކުރިއަށް ގެންދަވާ ދަތުރުފުޅުތައް ތާވަލު ކުރެވިފައިވާ ގޮތުން20 ޖުލައި 2013ވާ ހޮނިހިރު ދުވަހުން ފެށިގެން 7 އޯގަސްޓާ ހިސާބަށް މި ދަތުރުފުޅުތައް ކުރިޔަށް ދާނެއެވެ. މި ގޮތުން މި ދަތުރުފުޅުތައް ރާއްޖޭގެ އެންމެ އުތުރުން ހއ އަތޮޅުން ފަށާގޮތަށް ރާއްޖޭގެ އެންމެ ދެކުނަށް އައްޑޫ ސިޓީއާ ދެމެދުގައިވާ ހުރިހާ އަތޮޅަކަށް ޒިޔާރަތް ކުރައްވާނެއެވެ.

“ނެތޭވެވޭކަށް ބާޣީއަކަށް” އެމްޑީޕީގެ “އެއްބުރުން” ކެމްޕެއިންގެ މި ދަތުރުފުޅުތަކުގައި ރިއާސީ ކެންޑިޑޭޓް ރައީސް ނަޝީދު ހޮވުމަށްޓަކައި އެމްޑީޕީއިން މިހާތަނަށް ކުރަމުން އައި ކެމްޕެއިން މަސައްކަތްތަކުގެ އިތުރުން މިފަހަރުގެ ދަތުރުތަކުގައި ތަފާތު ހަރަކާތްތައް ކުރިޔަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ގޮތުން މިފަހަރު ޑރ. މުސްތަފާ ލުތުފީ ޒިޔާރަތްކުރައްވާ ރަށްރަށުގައި ރިޔާސީ އިންތިޚާބުގެ މެނިފެސްޓޯގެ ބިލްބޯރޑު އަދި ބަޣާވާތާ ގުޅޭ ބިލްބޯރޑް ހަރުކުރުން، 7 ފެބްރުއަރީ 2013ގައި ހިންގި ބަޣާވާތާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ފޮތް ބެހުމާއި، ބަޣާވާތުގެ ސީޑީ ބެހުން ހިމެނިގެންވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް