ފަހުގެ ޚަބަރު


އިތުރަށް...

މާލޭގައި އޯޕަން ތަނެއްގައި ޖަލްސާއެއް ބެއްވުމުގެ ގާބިލު ކަން މިވަގުތު ލިބިފަ އޮތް ދެޕާޓީއަކީ ޕީޕީއެމްއާއި އެމްޑީޕީ - އަބްދުއްރަހީމް އަބްދުﷲ

ލިޔުނީ: Unknown - Monday, August 19, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މާލޭގައި  އޯޕަން ތަނެއްގައި ޖަލްސާއެއް ބެއްވުމުގެ ގާބިލު ކަން މިވަގުތު ލިބިފަ އޮތް ދެޕާޓީއަކީ ޕީޕީއެމްއާއި އެމްޑީޕީކަމަށް ވިދާޅުވެ ޖުމްހޫރީ ގުޅުމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

އަބްދުއްރަހީމް އަބްދުﷲ މިފަދަ ރައްދެއް ޖުމްހޫރީ ގުޅުމަށް ދެއްވާފައިވަނީ ޖުމްހޫރީ ގުޅުމުން މިދިޔަ ހުކުރު ދުވަހުގެ ރޭ ލޮނު ޒިޔާރަތް ކޮޅުގައި ބޭއްވި ޖަލްސާއިން އެޕާޓީގެ އަސްލު ސައިޒް ދެއްކިއްޖެކަމަށް ބުނެ، އެހެން ޕާޓީތަކުން އެފަދަ ޖަލްސާއެއް ބާއްވާ ނަމަ އެމްޑީޕީގެ އެހީތެރިކަމަށް އެދޭކަމަށް އިއްޔެ ބުނުމާ ގުޅިގެން ޕީޕީއެމުން އެއަށް ރައްދު ދެމުންނެވެ.

ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އެއީ އެޕާޓީއަށް އެފަދަ ތަނެއްގައި ޖަލްސާއެއް ބޭއްވުނު ފުރަތަމަ ފަހަރު ކަމަށްވުމުން ދައްކާ ވާހަކަތަކެއްކަމަށެވެ. އޭނާ ވިދާޅުވީ އަތޮޅުތަކުން މީހުން ނުގެނެސް ހަމަ އެކަނި މާލެއިން މީހުން ގެނެސްގެން "އޯޕަން" ތަނެއްގައި ޖަލްސާއެއް ބޭއްވުމުގެ ގާބިލްކަން މިވަގުތު ލިބިފަ އޮތް ހަމައެކަނި ދެޕާޓީއަކީ ޕީޕީއެމްއާއި އެމްޑީޕީކަމަށެވެ.

"އެބޭފުޅުންނަށް އަދި އަލަށް ކަންނޭނގެ މާލެގައި އެކަހަލަ ތަނެއްގައި ޖަލްސާއެއް އެބޭއްވުނީ. އެހެންވީމަ ވަރަށް ބޮޑަށް އެކަހަލަ ވާހަކަފުޅު ދައްކަވަން ބޭނުންފުޅު ވެދާނެ. އަޅުގަނޑުމެންނަކީ މާލެގައި ކޮންމެ ސަރަހައްދެއްގައި ކޮންމެ ވަގުތެއްގައި ވެސް ޖަލްސާތައް ބޭއްވުމުގެ ގާބިލްކަން ލިބިގެންވާ ޕާޓީއެއް. އަޅުގަނޑު ގަބޫލު ކުރާ ގޮތުގަ ހަމައެކަނި މާލެގައި، މިއަތޮޅުތަކުން ކަހާލައިގެން މީހުން ނުގެނެސް ހަމައެކަނި މާލޭގައި މި އޯޕަން ތަނެއްގައި ޖަލްސާއެއް ބެއްވުމުގެ ގާބިލު ކަން މިވަގުތު ލިބިފަ އޮތް ދެޕާޓީއަކީ ޕީޕީއެމްއާއި އެމްޑީޕީ،" އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމުން އެފަދަ ޖަލްސާއެއް ބާއްވާ ނަމަ އެމްޑީޕީގެ އެއްވެސް އެހީތެރިކަމަށް އެދެން ނުޖެހޭނެކަމަށާއި އަދި ނުވެސް އެދޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާތަނަށްވެސް ޕީޕީއެމުން މާލޭގައި ޖަލްސާތައް ބާއްވަމުން އައީ އެމްޑީޕީއާއި ގުޅިގެން ނޫން ކަމަށެވެ.

"ޖުމްހޫރީ ޕާޓީގެ ސައިޒް ދައްކާލައިގެނެއް ނޫން އަޅުގަނޑުމެން މާލޭގައި ޖަލްސާތައް ބާއްވަމުން މިގެންދަނީކީއެއް. ޖުމްހޫރީ ޕާޓީގެ މާލޭގެ ޖަލްސާތައް ނުބާއްވާ އިރުގަވެސް ޕީޕީއެމުން މިގެންދަނީ ހަމަ ޕީޕީއެމްގެ ޖަލްސާތައް ބާއްވަމުން. އެހެންމަ އެއްގޮތަކަށްވެސް އެހެން ޕާޓީއަކުން ބާއްވާ ޖަލްސާ އަކާއި ގުޅިގެން ޕީޕީއެމުން ޖަލްސާއެއް ބާއްވަނީ ކީނޫން،" އެޕާޓީން މިރޭ ހެދިގޮނޑުދޮށުގައި ބާއްވަން ހަމަޖައްސާފައިވާ ޖަލްސާއަށް ރިއާޔަތްކޮށް އަދުރޭ ވިދާޅުވިއެވެ.

އެނާ ވިދާޅުވީ ޕީޕީއެމްގެ ހަރަކާތްތަކަކީ ވަރަށް ބޮޑަށް ރޭވިގެން ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށެވެ. އަދި ވިދާޅުވީ އެމްޑީއޭ އާއި ޕީޕީއެމް ގުޅިގެން މިރޭ ބާއްވާ ޖަލްސާއަކީ އެޕާޓީން މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ބޮޑު ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ޖަލްސާއެއްކަމަށެވެ.     
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް