ފަހުގެ ޚަބަރު


އިތުރަށް...

ޖޭއެސްސީގެ ރައީސް ކަމުން އާދަމް މުހައްމަދު ވަކި ކުރަން ހުށަހަޅައިފި

ލިޔުނީ: Unknown - Friday, August 23, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޖުޑީޝަލް ޝާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ސްޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމު މުހައްމަދު އަބުދުﷲގެ އިތުބާރު ނެތް ކަމަށް ކަނޑައަޅައި، އޭނާ ޖޭއެސްސީގެ ރައީސަކުގެ މަގާމުން ވަކިކުރުމަށް ހުށަހަޅައިފި އެވެ.

އާދަމް މުހައްމަދު ޖޭއެސްސީގެ ރައީސް ކަމުން ވަކިކުރުމަށް ޖޭއެސްސީއަށް ހުށަހެޅުއްވީ އެ ކޮމިޝަންގެ މެންބަރު ޝެއިހް ޝުއިބް އަބްދުއްރަހުމާނެވެ. ޝުއިބް "ސަން"އަށް މިއަދު ވިދާޅުވީ ޖޭއެސްސީގެ ރައީސް ކަމުގެ މަގާމުން އާދަމް މުހައްމަދު ވަކިކުރަން ހުށަހެޅީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިންސާފުވެރިކަމާއި ހަމަހަމަ ކާމާއެކު އާދަމް މުހައްމަދު މަސައްކަތް ނުކުރައްވާތީ ކަމަށެވެ. އަދި ވިދާޅުވީ އާދަމް މުހައްމަދު އެ ކޮމިޝަންގެ ރައީސް ކަމުން ދުރުކުރުމަށް ޖޭއެސްސީގެ ހިންގާ ގަވާއިދު ބާރުލިބިދޭ ކަމަށެވެ.

އޭނާ ވިދާޅުވީ އާދަމް މުހައްމަދުގެ މައްޗަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ ވޯޓު އެ ކޮމިޝަންގައި ފާސްވާނެ ކަމަށެވެ. ދިހަ މެންބަރުންގެ މައްޗަށް އެކުލެވޭ ޖޭއެސްސީގެ މެންބަރުންގެ މެދުގައި ނަގާ އިތުބާރު ނެތް ކަމުގެ ވޯޓު ސިއްރު ކުރުމަށް ވެސް ހުށަހެޅުއްވާނެ ކަމަށް ޝުއައިބު ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ފޮޓޯއެއް ޝޯސަލް ނެޓް ވޯކްތަކުން ފެނުނު ހިސާބުން އެ މައްސަލަ އެޖެންޑާ ކޮށްދިނުމަށް އެދުނިން. ނަމަވެސް އެ މައްސަލަ އެޖެންޑާ ކުރީ ފުލުހުންގެ އިދާރާއިން އެމައްސަލަ ހުށަހެޅުމުން، އަނެއްކޮޅުން ސިވިލް ސާވިސްއަށް މެމްބަރަކު އައްޔަން ކުރުން ހުއްޓުވުމަށް ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރަކު ނެރުނު އަމުރުގެ މައްސަލައިގަ ވެސް އެޖެންޑާކޮށްދިނުމަށް އެދުނިން، ނަމަވެސް އެއިން އެއްވެސް މައްސަލައެއް އެޖެންޑާކޮށްދީފައެއް ނުވޭ،" ޝުވައިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮމިޝަންގެ ރައީސް ކަމުގެ މަގާމުން އާދަމް މުހައްމަދު ދުރުކުރުމަށް އެދި ހުށަހެޅި މައްސަލަ އިއްޔެގެ ބޭއްވި ޖަލްސާގައި އެޖެންޑާކޮށްދީފައި ނުވާތީ އެކަމާ ސުވާލު ކުރުމުން އެކަމާ މެދު އިތުރަށް މަޝްވަރާކުރުމަށް ރައީސް އެދިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އިތުރަށް އެކަމުގައި ދައްކާނެ ވާހަކައެއް ނެތް ކަމަށް ރައީސަށް ދަންނަވާފައިވާނެ ކަމަށް ވެސް ޝުއައިބު ވިދާޅުވި އެވެ.

ޖޭއެސްސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ ޖޭއެސްސީގެ ހިންގާ ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކޮމިޝަނުން ބަލާނެ ކަމަށެވެ. އެ މާއްދާގެ ބަޔާންކޮށްފައި ވަނީ ޖަލްސާތަކުގެ އެޖެންޑާ ތައްޔާރު ކުރާނީ ކޮމިޝަންގެ މެމްބަރަކު މައްސަލައެއް އެޖެންޑާ ކުރުމަށް އެދިފައިވާނަމަ އެކަމެއް އެކުލެވޭ ގޮތަށް ސެކެޓްރީ ޖެނެރަލް ތައްޔާރުކުރާ ޑްރާފްޓް އެޖެންޑާއެއްގެ މައްޗަށް ބަލައި ކޮމިޝަންގެ ރައީސް ކަނޑައަޅާ ގޮތަކަށް ސެކެޓްރީ ޖެނެރަލް ކަމަށެވެ. އަދި ކޮމިޝަންގެ މެމްބަރަކު ހުށަހަޅާ މައްސަލައެއް އެޖެންޑާ ނުކޮށް ދޫކޮށްލާނީ އެ މައްސަލައެއް ހުށަހެޅި މެމްބަރަކު ކޮމިޝަންގެ މެމްބަރަކު ރައީސާއި މަޝްވަރާ ކުރުމަށް ކުރުމަށްފަހު އެގޮތަށް އެއްބަސްވެވިއްޖެ ނަމަ އެވެ. އެނޫން ގޮތަކަށް ކޮމިޝަންގެ މެމްބަރުން ހުށަހަޅާ މައްސަލަތައް އެޖެންޑާ ކުރުމާއި އުނިކުރުމާ މެދު ގޮތެއް ނިންމާނީ ކޮމިޝަނުން ކަމަށް ވެސް އެމާއްދާގައިވެ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް