ފަހުގެ ޚަބަރު


އިތުރަށް...

އެމްޑީޕީގެ ސިޔާސަތުތައް އަޑުއިވުމުން މަހްރޫމްވެފައިވާ ކުދިންނަށް!

ލިޔުނީ: Unknown - Friday, August 23, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އެމްޑީޕީގެ މެނިފެސްޓޯތައް ސައިން ލެންގުއޭޖުން ތައްޔާރުކޮށް އަޑު އިވުމުން މަހްރޫމްވެފައިވާ ކުދިންނާއެކު އެމްޑީޕީގެ މެނިފެސްޓޯ އިފްތިތާހްކޮށްފިއެވެ.

މިރޭ އެމްޑީޕީ އޮފީހުގައި އަޑުއިވުމުން މަހްރޫމްވެފައިވާ ކުދިންނާއެކު މި މެނިފެސްޓޯ އިފްތިތާހްކޮށް ސައިން ލޭންގުއޭޖަށް ބަދަލުކޮށްފައިވާ ސިޔާސަތެއް އެކުދިންނަށް ދައްކާލައިފައިވެއެވެ.

އަދި އެ މެނިފެސްޓޯއާ ގުޅޭގޮތުން އެކުދިންގެ ސުވާލުތައް ކުރުމުގެ ފުރުސަތު ހުޅުވާލައި އެކުދިން ކުރި ސުވާލުތަކަށް ސައިން ލޭންގުއޭގުން ޖަވާބުވެސް ދީފައިވެއެވެ.

އެމްޑީޕީގެ މެނިފެސްޓޯތައް ސައިން ލޭންގުއޭޖުން ތައްޔާރުކޮށް އަޑުއިވުމުން މަހްރޫމްވެފައިވާ ކުދިންނަށް ހާއްސަ ކޮށްގެން މިރޭ މި އިފްތިތާހް ކުރި ސިޔާސަތު، ރަސްމީކޮށް އިފްތިތާހް ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ ކަމަށާއި މި ސިޔާސަތާއެކު އެމްޑީޕީގެ މެނިފެސްޓޯ ޕެރޭޑާއި، ޖަލްސާ މާދަމާރޭ 8:00 ގައި ސޯޝަލް ސެންޓަރު ކައިރިން ފެށުމަށް ހަމަޖެހިފައިވާ ކަމަށްއެޕާޓީން ބުނެއެވެ.

މާދަމާރޭ ބާއްވާ މެނިފެސްޓޯ ޕެރޭޑްގައި ރައީސް ނަޝީދުވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މި ސިޔާސަތު މާދަމާ މާލޭގައި ރަސްމީކޮށް އިފްތިތާހް ކުރާއިރު މާލޭގައި ރައީސް ނަޝީދު މިސިޔާސަތު އިފްތިތާހް ކޮށްދެއްވުމުން އެމަނިކުފާނުގެ ރަނިންގްމޭޓް ޑރ. މުސްތަފާ ލުތުފީ މިސިޔާސަތު ކުޅުދުއްފުށީގައި އިފްތިތާހް ކޮށްދެއްވާނެކަމަށް މައުލޫމާތު ލިބެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް