ފަހުގެ ޚަބަރު


އިތުރަށް...

ނަޝީދާ ދެކޮޅު ފިކުރުގެ ހުރިހާ ގެތަކުން ބަލައިގަންނަނީ ވަހީދު ކަމަށް ބުނެ ރޮޒައިނާ އިތުރުފުޅު ހައްދަވައިފި

ލިޔުނީ: Unknown - Friday, August 23, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ގައުމައިގެން ކޯލިޝަނުން ލ. ފޮނަދޫ ޒުވާނުންނާ ބައްދަލުކުރުން - ފޮޓޯ: ރޮޒައިނާ ޓްވިޓަރ
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ނުކުރައްވައި، އެމަނިކުފާނާ ދެކޮޅު ފިކުރުގެ ޕާޓީތަކުގެ މެންބަރުންގެ ދިރުއުޅޭ ހުރިހާ ގެތަކުން ވެސް ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން ހަމައެކަނި ބަލައިގަންނަ ކެންޑިޑޭޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކަމަށް ބުނެ ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އިތުރުފުޅު ހައްދަވައިފިއެވެ.

ރޮޒައިނާ އެހެން ވިދާޅުވީ ލ. އަތޮޅަށް ރައީސް ވަހީދުގެ "ގައުމައިގެން ކުރިއަށް" ކޯލިޝަނުން ކުރި ދަތުރާ ބެހޭ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސެއްގަ އެވެ. ރޮޒައިނާ ވިދާޅުވީ ޕީޕީއެމަށް ތާއިދު ކުރާ ގިނަ މީހުން ގަބޫލު ކުރާ ގޮތުގައި ތައުލީމީ ގޮތުންނާއި އިހްލާސްތެރި ކަމާއި ކެތްތެރިކަމުގެ ގޮތުން ބަލައިގަންނަނި ރައީސް ވަހީދު ކަމަށެވެ.

ރޮޒައިނާ މިހެން ވިދާޅުވިނަމަވެސް ލ. ފޮނަދޫން މިހާރުވެސް ޕީޕީއެމްއަށް އޮތް ތާއިދު ކުޑަނޫންކަން ސިޔާސީ މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އަދި ޖުމްހޫރީ ޕާޓީގެ ކުލަވަރުވެސް ގަދަވަމުން އަންނަކަމަށް ބުނެއެވެ. މީގެ އިތުރުން ލ. ގަމުންވެސް މިކަންކަން ފާހަގަ ކުރެވެއެވެ.

"ހުރިހާ ގެއަކުން ވެސް ބުނޭ، މިފަހަރު ނުކުންނަވާފަ ހުރި އެންމެ ގާބިލް ކިޔަވައިގެން ހުންނެވި މީހުންނާއެކު މަސައްކަތް ކުރެވޭ ކެތްތެރި އިހްލާސްތެރި ބޭފުޅެއް ގޮތަށް އެބޭފުޅުން މިވަގުތު ބަލައިގަންނަނީ ޑރ. ވަހީދު ކަމަށް" ރޮޒައިނާ ވިދާޅުވި އެވެ. "ސީދާ ޕީޕީއެމް ކުލަލާފަ ހުރި ޕީޕީއެމްގެ މެމްނަރުންނޭ ތިމަންނަކީ އަމިއްލައަށް އިއުތިރާފުވެ ވަޑައިގެން ވިދާޅުވޭ ތިމަންނަމެން މިފަހަރު ވޯޓުލާނީ ޑރ. ވަހީދަށޭ. އެއީ ތިމަންމެން ރައީސް މައުމޫނަށް ތާއިދު ކުރެއްވިޔަސް ޔާމިންއަކީ ތިމަންނަމެން ތާއިދު ކުރާ މީހެއް ނޫނޭ،"

ރޮޒައިނާ ވިދާޅުވި އަތޮޅު ތެރެއަށް ކުރި ދަތުރުތަކުން ކޯލިޝަނަށް ބޮޑު ތަރުހީބެއް އޮތްކަން އެނގިފައިވާ ކަމަށާއި ޕީޕީއެމުން ގިނަ މެންބަރުން ޔާމިނަށް އަމަލުތައް ހުންނަ ގޮތުން ހިތްހަމަނުޖެހޭ ކަމަށާއި އެ ޕާޓީގެ ގިނަ ބަޔަކު ތާއިދު ކުރައްވަނި މައުމޫނަށް ކަމަށެވެ.

"ގައުމައިގެން ކުރިއަށް" ކޯލިޝަނުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯލިޝަންގެ ޔޫތު ސްޕޯކްސްޕާސަން މުހައްމަދު ޖައުޝަން ޝަރީފް ވިދާޅުވީ އަތޮޅުތެރޭ ރަށްރަށަށް ކުރާ ދަތުރުތަކުން ރައީސް ވަހީދަށް ބޮޑު ތާއީދެއް އޮތްކަން އެނގޭ ކަމަށާއި އަތޮޅު ތެރޭ މެޖޯރިޓީ އޮތީ އެބޭފުޅުންގެ އަތުގައި ކަމަށެވެ.

"މިއަދު އަތޮޅުތެރެއަށް ބަލާއިރު އަޅުގަނޑުމެންނަށް ވަރަށް ކަށަވަރުކޮށް ދައްނަވަން ކެރިދާނެ މިއަދު މެޖޯރިޓީ އޮތީ އަޅުގަނޑު އަތުގައިކަން،" ޖައުޝަން ވިދާޅުވި އެވެ.ވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް