ފަހުގެ ޚަބަރު


އިތުރަށް...

ކޯލިޝަނާ ކައިރިކުރާވަރަށްވެސް ޕީޕީއެމްއަށް ވޯޓެއް ނުލިބޭނެ

ލިޔުނީ: Unknown - Friday, August 23, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގުޅިގެން ހަދާފައިވާ “ޤައުމާއިގެން ކުރިޔަށް ކޯލިޝަނާ” ކައިރިކުރާވަރަށްވެސް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އަށް ވޯޓު ނުލިބޭނެކަމަށް ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ ދާދި ދެންމެއަކު ރާވެރިޔާގައި ބޭއްވި “ޤައުމާއިގެން ކުރިޔަށް ކޯލިޝަން”ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޯލިޝަނުން ލ. އަތޮޅަށް ކުރި ކާމިޔާބު ކެމްޕެއިން ދަތުރާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރޮޒައިނާ ވިދާޅުވީ، ކެމްޕޭން ދަތުރު ލީޑް ކޮށްފައިވަނީ ފަސްޓް ލޭޑީ އިލްހާމް އާއި، ރަނިންގ މޭޓް ތަސްމީންގެ އަނބިކަނބަލުން ވިސާމް އާއި ޖެންޑާރ މިނިސްޓަރ އާމާލް އަލީގެ އިތުރުން ޖުވޭރިޔާ ވަޖުދީ އަދި ރޮޒޭނާ ކަމަށެވެ.

ލާމު އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރުގައި ތިއްބެވީ ލ. ފުނަދޫ ގައި ކަމަށާއި ފުނަދޫ އާއި ގަމުގައި ކޯލިޝަންގެ ޖަގަހައެއް ހުޅުވާފައިވާކަމަށް ރޮޒޭނާ ހާމަކުރެއްވިއެވެ. އަދި ލާމު އަތޮޅުންވެސް 50 އިންސައްތައަށްވުރެ ގިނަ ވޯޓު ރައީސް ވަހީދަށް ލިބިވަޑައިގަންނަވާނެކަމަށް އޭނާ ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
.
ލ.އަތޮޅަށް ކުރި ދަތުރުގައި ވަރަށް ބޮޑު ތަރުހީބެއް ވަހީދަށް ލިބިފައިވާކަމަށައި، އެއަތޮޅު ޕީޕީއެމްއަށް ތާއީދުކުރާ ގިނަ ބައެއް ރައީސް ވަހީދަށް ވޯޓުލާނެކަމަށް ބުނެފައިވާކަމަށް ރޮޒައިނާ ވިދާޅުވިއެވެ. ގިނަ އަދަދެއްގެ ޕީޕީއެމް މެންބަރުން ވަނީ އެ ޕާޓީގެ ކޮރަޕްޝަނުގެ އަމަލުތައް އިންތިހާއަށް އިތުރުވެފައި ކަން ފާހަގަ ކުރައްވާފައި ކަމަށް ރޮޒޭނާ ހާމަކުރެއްވިއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ލާމު އަތޮޅަށް ނިސްބަތްވާ ޕީޕީއެމް ގެ މެންބަރުން ނުފޫޒު ބޭނުންކޮށް ޔޫޓިލިޓީ އޮފީހާއި ގަން އެއާޕޯޓަށް ޕީޕީއެމްގެ މެންބަރުން އެކަނި ފުރުސަތުދީ ވައްދަމުން ދާ ކަމަށް އޭނާ ހާމަކުރިއެވެ.

މި ބީދައިން ވާހަކަ ދައްކަވަމުން ރޮޒޭނާ ފާހަގަކުރެއްވި ގޮތުގައި އިލެކްޝަން ކޮމިޝަނާމެދު ކޯލިޝަނުން އެއްވެސް މައްސަލައެއް ނެތް ކަމާއި ޕީޕީއެމް އިން ތަކުރާރުކޮށް އިލެކްޝަން ކޮމިޝަނާމެދު ސުވާލު އުފައްދަމުން ދަނީ އެބޭފުޅުން މި ފަހަރުގެ އިންތިހާބުން ފެއިލް ވާނެ ކަން ޔަގީން ވުމުން ކަމަށެވެ.

“އެމްޑީޕީގެ ސަޕޯޓަރުންގެ ގެތަކަށްވެސް ޑޯޓުޑޯގައި ޒިޔާރަތްކުރިން. ގިނަ ބޭފުޅުން ހާމަކުރެއްވިގޮތުގައި އެބޭފުޅުން ވޯޓު ދޭނީ ނަޝީދަށް. ނަމަވެސް ޕީޕީއެމްގެ 50 އިންސައްތަ ގެތަކުން ހާމަކުރި ގޮތުގައި އެފަރާތްތަކުން ސަޕޯޓުކުރައްވަނީ މައުމޫނަށް، އަދި ޔާމީންއަށް ވޯޓު ދެވެން ނެތްކަމަށް އެފަރާތްތަކުން ހާމަކޮށްފައިވޭ އެހެން ކަމުން ވަހީދަށް ވޯޓު ދިނުމާއި މެދު ވިސްނަވާކަމަށް ވަނީ ގިނަ ފަރާތްތަކުން ބުނެފައި” ރޮޒައިނާ ވިދާޅުވިއެވެ.

މީގެ އިތުރުން ނޫސްވެރިންގެ ސުވާލަށް ޖަވާބު ދެއްވަމުން ރޮޒޭނާ ވިދާޅުވިގޮތުގައި ޑޯ ޓު ޑޯ ގައި ރައްޔިތުން ވަނީ ޔާމީނަކީ ވަރަށް ބޮޑާ އަދި ފޮނި މިޒާޖެއްގެ ފަރާތެއްގެ ގޮތުގައި ސިފަކުރައްވާފައިކަމަށެވެ. އަދި މައުމޫން އެދުނަކަސް މިފަހަރު ޔާމީން އަށް ރައްޔިތުން ވޯޓު ނުދީ އަމިއްލަ ބުއްދިން ވިސްނާނެ ކަމަށް ހާމަކުރަމުން ރޮޒޭނާ ވަނީ ‘އެހެން ނޫންނަމަ މައުމޫންގެ އެކަނި ސިކުނޑިއެއް ހުރެފަ ދެން ތިބި ރައްޔިތުންގެ ތިބޭނީ އުނބެއް’ ކަމަށް ވަނީ ވިދާޅުވެފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް