ފަހުގެ ޚަބަރު


އިތުރަށް...

ސަމަދުގެ އާއިލާއަށް ރައީސް ނަޝީދުގެ ތައުޒިޔާ

ލިޔުނީ: Unknown - Monday, August 26, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ކިޑްނީ އާއި ހިތުގެ އާލާސްކަންފުޅެއްގައި މިމަހުގެ 24 ވަނަ ދުވަހުގެ ރޭ  ޚާރިޖީ ވަޒީރު ޑރ އަބްދުއްސަމަދު އަބްދުﷲ ސިންގަޕޫރުގައި ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާއި ގުޅިގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ހިތާމަފާޅުކުރައްވައިފިއެވެ.

ރައީސް ނަޝީދުގެ އޮފީހުން ނެރުނު ތައުޒިޔާގެ މެސެޖްގައި ރައީސް ނަޝީދު ވިދާޅުވީ "ރޭގެ ވަގުތެއްގައި ޑރ ޢަބްސުއްޞަމަދު ޢަބްދުﷲ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުމަށް އެދި މާތް ﷲ ގެ ހަޟްރަތުގައި ދުޢާ ދަންނަވާ" ކަމަށެވެ.

ޑރ.ޞަމަދަކީ ޕަބްލިކް ހެލްތްގެ ދާއިރާއިން ދިވެހިރާއްޖެއަށް އަގު ނުކުރެވޭވަރުގެ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ބައިނަލްއަޤްވާމީ ސިއްޙަތާ ގުޅޭ އިދާރާގައި މަތީ މަޤާމުތަކުގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއްކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

އަދި ޑރ. ސަމަދަކީ ހުވަދު އަތޮޅު ހިރިހަމާތި އާއިލާއަށް ނިސްބަތްވާ ޢަބްދުﷲ މޫސާ ހިރިހަމާތި ކަލޭފާނު (ޢަބްދުﷲ ކަތީބު)ގެ އެންމެ ދޮށީ ފިިރިހެން ބޭފުޅާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

އަދި މި ހިތާމަވެރި ދަނޑިވަޅުގައި އެ އާއިލާއަށާއި އެމަނިކުފާނުގެ ގާތްތިމާގެ ބޭފުޅުންނަށް ކެތްތެރިކަން ދެއްވުމަށް އެދި ރައީސް ނަޝީދު ވަނީ ދުޢާ ދަންނަވާފައެވެ.

ޑރ. ސަމަދު އަވަހާރަވީ ރޭގެ ވަގުތެއްގައި ސިންގަޕޯރގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގައި ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ޑރ ސަމަދަކީ އެމްޑީޕީގެ ފައުންޑަރ ގޯގޯ ލަތީފްގެ ބޭބޭފުޅެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް