ފަހުގެ ޚަބަރު


އިތުރަށް...

ޤާސިމްގެ ހަދިޔާތަކުގެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި

ލިޔުނީ: Unknown - Monday, August 26, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މަހުޖަނު ޤާސިމް އިބްރާހިމް ރިޔާސީ އިންތިޚާބާއި ދިމާކޮށް، އައްޑޫ ސިޓީގެ ސްކޫލްތަކަށް ގިނަ އަދަދެއްގެ ސާމާނު ގެންގޮސް ބެހި މައްސަލަ އިއްޔެ އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

އެމްޑީޕީން މައުލޫމާތުދިން ގޮތުގައި މިމައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހުނީ ރިޔާސީ އިންތިހާބަށް ކޮމްޕެއިންސް ހުށަހެޅުމަށް އެޕާޓީން ހުޅުވާފައިވާ ކޮމްޕްލެއިންސް ބިޔުރޯއަށް މިކަމާއި ގުޅިގެން މައްސަލަތަކެއް ހުށަހެޅުން ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ދިދަ ދަމާފައިވާ ވިލާ ވާލި ފަހަކުން، އައްޑޫ ސިޓީއަށް ގެންދިޔަ ތަކެތީގެ ތެރޭގައި ސްކޫލު ތަކަށް އޭސީއާއި ޓީވީ އާއި ސްމާޓް ބޯޑު ފަދަ އަގުބޮޑު ތަކެތި ހިމެނޭ ކަމުގެ މަޢުލޫމާތުވަނީ ލިބިފައިއެވެ. މިތަކެއްޗާއި ހަވާލުވުމަށް ގޮސްތިބީ އައްޑޫ ސިޓީގެ ސްކޫލުތަކުގެ އިސްވެރިންނެވެ.

ރާއްޖެޓީވީއަށް ފޯނުން މަޢުލޫމާތުދެއްވަމުން އައްޑޫސިޓީގެ ސްކޫލެއްގެ ޕްރިންސިޕަލް ނަން ހާމަނުކުރުމަށް ޝަރުތުކޮށް ވިދާޅުވީ، މިއަހަރުގެ ކުރީކޮޅު އައްޑޫ ސޓީއަށް ޤާސިމް އިބްރާހިމް ޒިޔާރަތްކުރައްވާ ސްކޫލުތަކުގެ ބެލެނިވެރިންނާއި ބައްދަލުކުރައްވާ އެބެލެނިވެރިންގެ ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެ ސްކޫލަށްވެސް މީގެ ތެރެއިން ބައެއް ސާމާނު ލިބޭ ކަމަށެވެ.

ސްކޫލުތަކަށް މުހިއްމު ސާމާނުތަކެއް ޤާސިމް އިބްރާހިމް ބައްސަވަމުންދަނީ އައްޑޫ ސިޓީ ކަހަލަ ބޮޑު އާބާދީއެއް އޮންނަ ސަރަޙައްދަކުން ގިނަ ވޯޓް ހޯއްދެވުމަށް ކަމަށްވެސް އެސިޓީގެ ރައްޔިތުން ދަނީ ކަންބޮޑުވުމާއެކު ބުނަމުންނެވެ.

ވެރިކަން ބަދަލުވެ ވަހީދު ހަސަން މަކިނުގެ ސަރުކާރު އައި ފަހުން ސްކޫލުތަކުގައި ބޮޑެތި މައްސަލަތަކެއް ހުރެ، އެކަންކަމާއި ސަރުކާރުން އެއްވެސް ވަރަކަށް ވިސްނާވަޑައިގެންފައި ނުވާއިރު، ސްކޫލުތަކަށް ބޭނުންވާ ސާމާނު އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ސްކޫލުތަކަށް ބެހުމުގައިވެސް ގިނަ ސުވާލުތަކެއް އުފެދޭ ކަމަށް އައްޑޫގެ ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް