ފަހުގެ ޚަބަރު


އިތުރަށް...

ޑިފެންސް މިނިސްޓަރު ނާޒިމް އެންޓި ކެމްޕޭން ކުރައްވަނީ

ލިޔުނީ: Unknown - Monday, August 26, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޓީވީ މޯލްޑިވްސްއިން ގެނެސްދިން ސިޔާސަތު ޕްރޮގްރާމްގައި ރައީސް ނަޝީދުގެ "ހުތުރު ފަރާތް" ދެއްކުމަށް ޕްރެޒެންޓަރ މަސައްކަތްކުރެއްވިކަމަށް ވިދާޅުވެ، އެކަމަށް ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް މަރުހަބާ ދަންނަވައިފިއެވެ.

ފެންސް މިނިސްޓަރ މިމޭރުމުން ޓްވީޓް ކުރައްވާފައިވަނީ ސިޔާސަތު ޕްރޮގްރާމްގެ 3 އެޕިސޯޑް މީގެ ކުރިން ގެނެސްދިން ނަމަވެސް، އެއިން ޕްރޮގްރާމަކަށް ކޮމެންޓްކުރެއްވުމެއް ނެތިއެވެ.

ނާޒިމް މި ޓްވީޓް ކުރައްވާފައިވާއިރު، ރައީސް ނަޝީދާއި ދެކޮޅަށް އެންޓި ކެމްޕޭން ހިންގުމަށް ބަހަމުންދާ ސިޓީއެއް ދާދިފަހުން ކަމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ޓްވީޓްކުރެއްވި މައްސަލައެއް ކަމާއި ބެހޭ ފަރާތްތަކުން ދަނީ ތަހުޤީޤްކުރަމުންނެވެ.

ރައީސް ނަޝީދާއި ދެކޮޅަށް މިހާރުގެ ސަރުކާރުގެ އިސް ބޭފުޅުން ކެމްޕޭންކުރަމުންދާއިރު، މިކަމުގައި އިސްކޮށް ހަރަކާތްތެރިވަނީ ޑިފެންސް މިނިސްޓަރ ނާޒިމްއާއި ސީޕީ ރިޔާޒްކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.

މި ބޭފުޅުންނަކީ 2012 ފެބްރުއަރީ 7 ވަނަ ދުވަހު ރާއްޖޭގެ އިންތިޚާބީ ވެރިކަން ވައްޓާލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވިކަމަށް ތުހުމަތުކުރެވޭ 2 ބޭފުޅުންނެވެ.

އަދި ނާޒިމް އަކީ ރައީސް ނަޝީދަށް އިސްތިއުފާ ދޭން މަޖުބޫރުކުރިކަމަށް ތުހުމަތުކުރެވޭ ފަރާތެކެވެ.

އަބްދުﷲ ރިޔާޒަކީ ރައީސް ނަޝީދުގެ އިސްތިއުފާގެ ސިޓީ އުފުލި ފަރާތެވެ.

ވެރިކަން ބަދަލުވުމަށްފަހު، މި ދެބޭފުޅުން ތަފާތު އެކި ހަފުލާތަކުގައި ފުލުހުންނާއި ސިފައިންގެ މެދުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދާއި މެދު ނަފްރަތު އުފެއްދުމަށްޓަކައި ތަފާތު އެކި މަސައްކަތްކުރައްވަމުން ގެންދަވައެވެ.

އަދި އިންތިޚާބު މިހާ ކައިރިވެފައިވާއިރު، މިދެބޭފުޅުންގެ އެންޓި ކެމްޕޭން އިތުރުވެފައިވާކަމަށް ފެނެއެވެ. 
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް