ފަހުގެ ޚަބަރު


އިތުރަށް...

ޤާސިމްގެ މަސްލަޙަތު އޮންނަ މާންދޫ ހޮރައިޒޯން ފިޝަރީޒްގެ އުޅަނދުތަކަށް މިއަދު ޤުދުރަތީ ކާރިޘާ ތަކެއް

ލިޔުނީ: Unknown - Sunday, August 4, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޖުމްހޫރީ ޕޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ މަސްލަޙަތު އޮންނަ ސިނާޢީ ރަށެއް ކަމަށްވާ މާންދޫ ހޮރައިޒޯން ފިޝަރީޒްގެ  އުޅަނދުތަކަށް ރެއާއި މިއަދު ޤުދުރަތީ ކާރިޘާ ތަކެއް ކުރިމަތިވެ އެތަކެއް ގެއްލުންތަކެއް ވެއްޖެއެވެ.

މިރޭ އިރާކޮޅު އައި ގަދަ ކޮޅިގަނޑެއްގައި މާންދޫ ހޮރައިޒަން ފިޝަރީޒް ބަނދަރުތެރޭގައި އަޅާފައިއޮތް ތިން ބޯޓެއްވަނީ ބަނދަރުގެ ޝީޓްޕައިލް މައްޗަށް އަރާފައެވެ. އެގޮތުން މާންދޫ ބަނދަރުގައި އޮތް އެންމެ ބޮޑު އެއް ބޯޓް ކަމަށްވާ އޮއެވާލި ނަމަކަށް ކިޔާ ބޯޓެއް ޕައިލް މައްޗަށް އަރައި ބޯޓްގެ ފަހަތް އެއްކޮށް ހަލާކުވެފައި ވާކަމަށް މަޢުލޫމާތު ލިބެއެވެ. މީގެ އިތުރުން އިތުރު ކުޑަ ދެ ބޯޓެއް ބަނދަރުތެރެ ގަދަކަމުން އަދިވެސް މަތަ ނުކުރެވިގެން އުޅޭކަމަށް މަޢުލޫމާތު ލިބެއެވެ.

މާންދޫ ބަނދަރުތެރެއަށް މުސީބާތެއްފަދަ ގަދަކަމެއް އައިސްފައި ވުމުން ބޯޓްތައް މަތަ ކުރުމަށް އެމްއެންޑީއެފް އާއި ފުލުހުން މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އެރަށުން މަޢުލޫމާތު ދިން މީހަކު ބުންޏެވެ.

ހޮރައިޒޯން ފިޝަރީޒްގެ މަސްކިރާ ބޯޓެއް ރޭގެ ވަގުތެއްގައި ލ. ހިތަދޫ ފަރަކަށް އަރައި ބޯޓް ސަލާމަތް ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ވެ އަދިވެސް ވަނީ އެބޯޓް ފުން ނުކުރެވިއެވެ.

 އަނެއްކޮޅުން  އިންތިޚާބާއި ދިމާކޮށް އެއްވެސް ކެންޑިޑޭޓަކަށް، އިންތިޚާބަށް ނުފޫޒު ފޯރާ ގޮތަށް އެއްވެސް ކަމެއް ކޮށްނުދެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނިކޮށް، ލ. އިސްދުއަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ބޯޅަދަނޑު ހަދަން ފޮނުވި ބާޖް އެރަށު ނެރުމައްޗަށް އަރައި އަދިވެސް ވަނީ ފުންނުކުރެވިއެވެ.

ޤާސިމް އިބްރާހިމް އަކީ ފެބްރުއަރީ 7 ވަނަ ދުވަހު ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ވެރިކަން ބަޣާވާތަކުން ވައްޓާލުމަށް ކުރި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވި ފަރާތެއްކަމަށް ގިނަބަޔަކު ޤަބޫލުކުރާ ފަރާތެކެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް