ފަހުގެ ޚަބަރު


އިތުރަށް...

ރައީސް ނަޝީދުގެ ރަނިންގމޭޓް ޑރ. މުސްޠަފާ ލުޠުފީ ލ. ފޮނަދުއަށް ވަޑައިގެންފި

ލިޔުނީ: Unknown - Monday, August 5, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މުސްޠަފާއަށް އެމްޑީޕީ ފޮނަދޫ މެންބަރުން މަރުޙަބާ ކިޔަނީ - ފޮޓޯ: ކޭއެލް
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދުގެ ރަނިންގމޭޓް ޑރ. މުސްޠަފާ ލުޠުފީ މިރޭ ލ. ފޮނަދުއަށް ވަޑައިގެންފި އެވެ.

ޑރ. މުސްތަފާ ގެ މި ދަތުރުފުޅަކީ އެމަނިކުފާނު ފައްޓަވާފައިވާ 'ނެތޭ ވެވޭކަށް ބާޣީ' އަކަށް މި ޝިޔާރުގެ ދަށުން ކުރިއަށް ގެންދަވާ ކެމްޕޭންގެ ދަށުން ފޮނަދޫގައި ޙަރަކާތްތަކެއް ހިންގެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މިރޭ ފޮނަދޫގައި ޖަލްސާއެއް ބާއްވަން ނިންމާފައި އޮތްނަމަވެސް މުސްޠަފާ އާއި އެމްޑީޕީ ޗެއަރޕާސަން އަދި ޓީމު ދަތުރުކުރެއްވި ފްލައިޓް ޑިލޭވުމުގެ ސަބަބުން ޖަލްސާވަނީ މާދަމާ ރެއަށް ފަސްކޮށްފައެވެ.

ޑރ. މުސްޠަފާގެ ޓީމަށް މަރުޙަބާ ކިޔުމުގެ ގޮތުން ކައްދޫ އެއަރޕޯޓަށް ގިނަ ޢަދަދެއްގެ އެމްޑީޕީ ސަޕޯޓަރުން ވެހެމުންދިޔަ ގަދަ ވިއްސާރައިގައިވެސް ގޮސްތިއްބެވެ.

ކައްދޫއިން ފޮނަދުއަށް ވަޑައިގެން އެމްޑީޕީ ފޮނަދޫ ހަރުގޭގައި އޮތް ތަރާވީހަކަށް އިންސާފުކުރެއްވުމަށްފަހު ފޮނަދޫ އެމްޑީޕީ ކެމްޕޭންގައި ޙަރަކާތްތެރިވާ ޓީމާއި ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި ޕާޓީގެ ޗެއަރޕާސަން މޫސާމަނިކުވެސް ވާހަކަފުޅު ދެއްކެވިއެވެ. މޫސަ ވިދާޅުވީ މި ދަތުރަކީ ސީދާ ފޮނަދުއަށް އަމާޒުކޮށްގެން ޙަރަކާތްތަކެއް ހިންގެވުމަށް ކުރައްވާ ދަތުރެއް ކަމަށެވެ. އެގޮތުން މާދަމާ ހެނދުނު ފޮނަދޫގެ ބައެއް ގޭގެއަށް ޒިޔާރަތްކުރުން އޮންނާނެކަމަށް ވިދާޅުވިއެވެ.

ޓްވިޓްކާސްޓް ރެކޯޑެޑް ލައިވް ވީޑިއޯ

މުސްޠަފާ ވިދާޅުވީ ފޮނަދޫ އެމްޑީޕީ މެންބަރުންނަކީ ވަރަށް ޝައުގުވެރިކަމާއެކު އެމްޑިޕީގެ ޙަރަކާތްތަކުގައި އުޅުއްވާ ބޭފުޅުންކޮޅެއް ކަމަށެވެ. އަދި މި ދަތުރުފުޅުގައި ޙަރަކާތްތައް ކުރިއަށް ގެންދާނެ ގޮތާއިމެދު މަޝްވަރާކުރެއްވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް