ފަހުގެ ޚަބަރު


އިތުރަށް...

އިންތިޚާބަކީ އެބޭފުޅުންގެ ދަބަހުގައިވާ އެއްޗެއް: ޔާމީން

ލިޔުނީ: Unknown - Monday, August 5, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީން އަބްދުލް ގައްޔޫމް، އިންތިހާބު ކާމިޔާބު ނުކުރެވޭނެކަމަށް ވިދާޅުވެ ދައްކަވާފައިވާ ވާހަކަފުޅެއްގެ އޯޑިއޯ އާންމުވެއްޖެއެވެ.

އާންމުވެފައިވާ އޯޑިއޯގައި ޔާމީން ވިދާޅުވަނީ 2013ގެ އިންތިހާބަކީ "އެބޭފުޅުންގެ ދަބަހުގައިވާ" އިންތިހާބެއްކަމަށާއި، 2013ގެ އިންތިހާބު ކާމިޔާބުކުރުމުގެ ފުރުސަތު ޕީޕީއެމްއަށް ނެތްކަމަށެވެ. އަދި 2013ގެ އިންތިހާބު ކާމިޔާބުކުރުމުގެ ވިސްނުން ގެންގުޅުމުގެ ބަދަލުގައި ވިސްނުން ބަހައްޓަންވީ 2018ގެ އިންތިހާބު ކާމިޔާބުކުރުމަށްކަމަށް އޯޑިއޯގައި ޔާމީން ވިދާޅުވެފައިވެއެވެ.

ޔާމީން އޯޑިއޯގައި އެބޭފުޅުންގެ ދަބަހުގައިވާ އިންތިހާބެއްކަމަށް އެ ވިދާޅުވަނީ އެމްޑީޕީކަމަށް ގަބޫލުކުރެވެއެވެ.

ޔާމީންގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ދައްކަވާފައިވާ ވާހަކަފުޅެއްގެ އޯޑިއޯކަމަށްބެލޭ މި އޯޑިއޯ ރިކޯޑްކޮށްފައިވަނީ ކޮން ތަނެއްގަައި ކަމެއް ދޭހައެއް ނުވެއެވެ. ނަމަވެސް ދާދިފަހުންވެސް ޔާމީން ވަނީ އިންތިހާބު ކާމިޔާބު ނުކުރެވޭނެކަން ގަބޫލުކުރައްވާ ދެ ވަނަ ބުރެއްގައި އެހެން ޕާޓީތަކާއިއެކު ކޯލިޝަން ހައްދަވަން ތައްޔާރަށް ހުންނެވިކަމަށް އިޝާރަތްކުރައްވާފައެވެ. އިންތިޙާބުގެ ކެމްޕޭނުގައި މިހާތަނަށްވެސް ޔާމީނަށް ލިބެމުންދަނީ ފިނި ތަރުހީބެކެވެ. އަދި އިންތިޚާބުގެ ކެމްޕޭނުގައި ޔާމީން ހަރަކާތްތެރިވާ މަންޒަރުވެސް ފެންނަނީ ވަރަށް މަދުންކަން ފާހަގަކޮށްލެވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް