ފަހުގެ ޚަބަރު


އިތުރަށް...

ރައީސް ނަޝީދުގެ ރަނިންގމޭޓް ޑރ. މުސްޠަފާ ލުޠުފީ ލ. ގަމު އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވައިފި

ލިޔުނީ: Unknown - Monday, August 5, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ގަމު އެމްޑީޕީ މެންބަރުންނާއި ޑރ. މުސްޠަފާ ބައްދަލުކުރެއްވުން - ފޮޓޯ: ސަންގޯރު
ދިވެހި ރައްޔިތުންގެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދުގެ ރަނިންގ މޭޓް ޑރ. މުސްޠަފާ ލުޠުފީ ލ. ގަމު އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި ލ. ގަމުގެ ތިން އަވަށަށް ނިސްބަތްވާ އެމްޑީޕީ މެންބަރުންގެ ތެރެއިން ގިނަ ޢަދަދެއްގެ މެންބަރުންނާއި ކެމްޕޭނުގައި ޙަރަކާތްތެރިވާ މެންބަރުންނާއި ބައްދަލުކުރައްވާ މުސްޠަފާ މުޚާޠަބު ކުރެއްވިއެވެ. މުސްޠަފާ ވިދާޅުވީ ބާޣީންނަށް ވޯޓް ނުދީ ރައްޔިތުންގެ ވެރިކަމެއް ޤާއިމުކުރުމަށް އެމްޑީޕީއަށް ވޯޓް ދިނުމަށެވެ. މީގެ އިތުރުން ގަންފޮނަދޫގެ މަގުތަކުގެ ޙާލަތާއި މެދު ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ. އަދި އެމްޑީޕީގެ ސަރުކާރު ވައްޓާލި އިރު އޮންނާނީ ލ. ގަމުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ބިޑް ކުރާ ހިސާބުގައި ކަމަށްވެސް ވިދާޅުވިއެވެ.

ގަމުގެ ރައްޔިތުންނާއި ބައްދަލުކުރުމުގެ އިތުރުން ގަމުގައި ހުރި އެމްޑީޕީގެ ޖަގަހަ ތަކާއި ހަރުގެ ތަކަށް ޒިޔާރަތްކުރައްވާ އެތަންތަން ބައްލަވާލެއްވިއެވެ.

ޑރ. މުސްޠަފާ ލުޠުފީގެ އަރިހުގައި އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކު ބައިވެރިވެލެއްވިއެވެ. މިއަދު ޑރ. މުސްޠަފާ ވަނީ ލ. ފޮނަދޫގެ ބައެއް ގޭގެއަށް ޒިޔާރަތް ކުރައްވާ ކެމްޕޭން ކުރައްވާފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް