ފަހުގެ ޚަބަރު


އިތުރަށް...

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންގ މޭޓް ލ. ފޮނަދޫގައި ދޮރުން ދޮރަށް ކެމްޕޭން ކުރައްވައިފި

ލިޔުނީ: Unknown - Monday, August 5, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

ލ. ފޮނަދޫގައި މުސްޠަފާ ދޮރުން ދޮރަށް ހިންގެވުމުގެ ތެރެއިން - ފޮޓޯ: ސަންގޯރު
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންގ މޭޓް ލ. ފޮނަދޫގައި މިއަދު ދޮރުން ދޮރަށް ކެމްޕޭން ކުރައްވައިފި އެވެ.

ޑރ. މުސްޠަފާ ލުޠުފީ ވަނީ މިއަދު ލ. ފޮނަދޫގެ ބައެއް ގޭގެއަށް ޒިޔާރަތްކުރައްވާ އެ ގޭގޭގެ މެންބަރުންނާއި ބައްދަލު ކުރައްވާފައެވެ. މީގެ އިތުރުން 'ނެތޭ ވެވޭކަށް ބަޣީ' އަކަށް މި ޝިޔާރުގެ ދަށުން ރަށްރަށުގައި ބަހައްޓަމުން ގެންދާ ބިލްބޯޑް މިއަދު ވަނީ ލ. ފޮނަދޫ ބޭންކް ކައިރީގައި އޮންނަ ޕާކް ތެރޭގައި ބަހައްޓާފައެވެ.

މިއަދު ހެނދުނު 10:00 އިން ފެށިގެން 3:00 ޖަހަންދެން ފޮނަދޫގައި ކެމްޕޭން ކުރެއްވުމަށްފަހު މުސްޠަފާ ވަނީ ލ. ގަމަށް ވަޑައިގެން އެރަށުގެ އެމްޑީޕީ މެންބަރުންނާއި ބައްދަލުކުރައްވާފައެވެ.

'ނެތޭ ވެވޭކަށް ބަޣީއަކަށް' މި ޝިޔާރުގެ ދަށުން ކުރިއަށްގެންދާ ޖަލްސާތަކުގެ ތެރެއިން ޖަލްސާއެއް މިރޭ 10 ޖަހާއިރު ލ. ފޮނަދޫ  އެމްޑީޕީ ހަރުގޭގައި އޮންނާނެ ކަމަށް ފޮނަދޫ ކެމްޕޭން ޓީމުން މަޢުލޫމާތު ދެއެވެ.
ލ. ފޮނަދޫ ޕާކު ގައި ބިލްބޯޑް ބެހެއްޓުމަށްފަހު އެމްޑީޕީ ފޮނަދޫ ކެމްޕޭންގައި ޙަރަކާތްތެރިވާ ބައެއް ބައިވެރިންނާއި އެކު މުސްޠަފާ އަދި މޫސަ

ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް