ފަހުގެ ޚަބަރު


އިތުރަށް...

ޑރ.މުސްޠަފާ ލުޠުފީގެ 'ނެތޭ ވެވޭކަށް ބާޣީއަކަށް' ކެމްޕެއިން ލ. އަތޮޅުގައި ނިންމާލައިފި

ލިޔުނީ: Unknown - Tuesday, August 6, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. ފޮނަދޫ އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި  ޑރ.މުސްޠަފާ ލުޠުފީގެ 'ނެތޭ ވެވޭކަށް ބާޣީއަކަށް' ކެމްޕެއިން ޖަލްސާ -ފޮޓޯ: އަޝްތަރު
އެމްޑީޕީ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ޑރ.މުސްޠަފާ ލުޠުފީ އާއި ޓީމްގެ 'ނެތޭ ވެވޭކަށް ބާޣީއަކަށް' ކެމްޕެއިން ލ. އަތޮޅުގައި ކުރިއަށް ގެންގޮސް ނިންމާލައިފިއެވެ.

އެގޮތުން ރޭ ވަނީ ލ. ފޮނަދޫގައި ޖަލްސާއެއް ބާއްވާފައެވެ. މި ޖަލްސާގައި ލ. ފޮނަދޫ އެމްޑީޕީ މެންބަރެއް ކަމަށްވާ ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސީނިއަރ މެނޭޖެމެންޓް ބޭފުޅެއް ކަމަށްވާ ކޮލިފައިޑް ލީޑިންގ ޓީޗަރ ރިޟްވާން ޙަލީމާއި އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކާއި އެމްޑީޕީ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ޑރ. މުސްޠަފާ ލުޠުފީ ވާހަކަ ދެއްކެވިއެވެ. މިބޭފުޅުންގެ ވާހަކަ މައިގަނޑު ގޮތެއްގައި އަމާޒުކުރީ ބާޣީންނަށް ނޫނެކޭ ބުނެ އެމްޑީޕީއަށް ވޯޓް ދިނުމުގެ މުހިންމު ކަމުގެ މައްޗަށެވެ.

ރޭގެ ޖަލްސާގައި ލ. ފޮނަދޫން އެމްޑީޕީއާއި އަލަށް ގުޅުނު ޒުވާނުންގެ ފޯމުތައް ޑރ. މުސްޠަފާ ލުޠުފީއާއި ހަވާލުކޮށްފައި ވެއެވެ.

މީގެ އިތުރުން ލ. ގަން-ފޮނަދޫގައި ދޮރުން ދޮރަށް ގެއިން ގެޔަށް ޒިޔާރަތް ކުރެއްވުމުގައި ޑރ. މުސްޠަފާ ލުޠުފީއާއި ޓީމު އެމްޑީޕީ ލ. އަތޮޅު މެންބަރުން ބައިވެރިވިއެވެ. އަދި ލ. ގަމުގެ އެމްޑީޕީ މެންބަރުންނާއި ބައްދަލުކުރެއްވުމާއި ޖަގަހަ ތަކަށް ޒިޔާރަތްކުރުން ކުރިއަށް ގެންދެވިއެވެ.
ޑރ.މުސްޠަފާ ލުޠުފީގެ 'ނެތޭ ވެވޭކަށް ބާޣީއަކަށް' ކެމްޕެއިން ގައި ލ. ފޮނަދޫ ކުރިގަމު އަވަށުގައި -ފޮޓޯ: އަޝްތަރު

ލ. އަތޮޅުގެ ރަށްތަކުގައި ވޯޓަރ ރެޖިސްޓްރީ ކުރުމާއި އެމްޑީޕީގެ ޕޯސްޓަރު ހަރުކުރުމާއި ބެނާ ދެމުމާއި ދިދަ ދެމުން ވަރަށް ފޯރިއާއި އެކު ކުރިއަށް އެބަދެއެވެ.

ޑރ. މުސްޠަފާ އާއި ޓީމުވަނީ ރޭގެ ޖަލްސާއަށްފަހު ގއ. އަތޮޅަށް ވައިގެމަގުން ވަޑައިގަންނަވާފައެވެ.

ޑރ. މުސްޠަފާ ލ. އަތޮޅު ދަތުރުގެ ފޮޓޯ އަލްބަމް
ނެތޭ ވެވޭކަށް ބާޣީއަކަށް ފޮނަދޫ ޖަލްސާގެ ފޮޓޯ އަލްބަމް
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް