ފަހުގެ ޚަބަރު


އިތުރަށް...

ފަނޑިޔާރު އަލީ ހަމީދަށްފަހު ގާސިމް ފަހުމީ ދިފާއުކޮށްދެއްވައިފި

ލިޔުނީ: Unknown - Tuesday, August 6, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ސިވިލް ސާރވިސްގެ އަންހެން މުވައްޒިފަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އެ ކޮމިޝަނުންގެ ރައީސްކަމުގެ މަޤާމުން ރައްޔިތުންގެ މަޖިލީހުން ވަކިކޮށްފައިވާ މުހައްމަދު ފަހުމީ ހަސަންގެ މަޤާމް ދިފާއުކޮށްދެއްވާ ރާއްޖޭގެ ވެރިކަމަށް ކުރިމަތިލައްވާފައިވާ މަހުޖަނު ޤާސިމް އިބްރާހިމް ވާހަކަފުޅު ދައްކަވައިފިއެވެ.

އިއްޔެ އޮތް ރައްޔިތުންގެ މަޖިލިސް ޖަލްސާއަށް ފަހުމީގެ ބަދަލުގައި އެ ކޮމިޝަނަށް މެމްބަރަކު އައްޔަންކުރުމަށް މަޖިލީހުގެ ކޮމިޓީން ދިރާސާކުރި ނަންތައް މިއަދު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމާއެކު އެކަމަށް އިންކާރުކުރައްވާ ވާހަކަދައްކަވަމުން މާމިގިލީ ދާއިރާގެ މެމްބަރު މަހުޖަނު ޤާސިމް އިބްރާހިމް ވިދާޅުވީ ކޮމިޓީގެ ރިޕޯރޓަކީ ޤަވާއިދާއި އެއްގޮތަށް ހުށަހެޅުނު ރިޕޯޓެއް ނޫން ކަމަށެވެ.

މަހުޖަނު ޤާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފަހުމީ މަޤާމުން ވަކިކުރުމަކީ ރަނގަޅު ނިޔާއެއް ނޫން ކަމަށް ކަނޑައަޅާފައި ވަނިކޮށް އެހެން މީހަކު އެ މަޤާމަށް އައްޔަންކުރުމަކީ މަޖިލީހަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ. އެހެންވެ އެ ނިންމުން މަޖިލީހަށް ބަދަލު ނުކުރެވޭނެ ކަމަށާއި،އެފަދަ ކަންކަން ވާނީ ގާނޫނާ ހިލާފު ކަންކަމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޖުމްހޫރީޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމްގެ ވާހަކަތަކަށް ބާރުލިބިދޭފަދަ ގޮތަކަށް ވާހަކަދައްކަވަމުން އެ ޕާޓީގެ ނައިބް ލީޑަރ އަދި ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު ވިދާޅުވީ ސުޕްރީމް ކޯޓްގެ ހުކުމް އެ ގޮތަށް އޮތުމުން ސީއެސްސީއަށް މެމްބަރަކު އައްޔަންކުރުމުގެ މަސައްކަތް މަޖިލީހުގައި ކުރިއަށް ނުގެންދެވޭނެ ކަމަށާއި،ސުޕްރީމް ކޯޓަކީ އެންމެ ފަހުގެ ނިޔާ ކަމަށާއި ސުޕްރީމް ކޯޓުގެ އަމުރަށް މަޖިލީހަށް ވެސް ގޮންނުޖޭހޭނެ ކަމަށެވެ.

ސިވިލް ސާވިސްގެ ގާނޫނާ ހިލާފަށް ފަހުމީ އެ ކޮމިޝަންގައި ހުންނަވާއިރު އެ ކޮމިޝަންގެ ނިންމުންތަކުގެ ސައްހަކަން ގެއްލިގެންދާއިރުވެސް އަލުން އެ ކޮމިޝަނަށް މެމްބަރަކު އައްޔަންކުރުމަށް މަޖިލީހުން ކުރައްވަމުން ގެންދަވާ މަސައްކަތަށް މަހުޖަނު ޤާސިމް އިބްރާހިމް ދެކޮޅު ހެއްދެވެމުން އެ މަނިކުފާނުގެ ވެރިކަމެއްގައި އަންހެން ކަބަލުންނަށް އެއްވެސް ރައްކާތެރިކަމެއް ލިބިދާނެކަމާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ދާދި ފަހުން، ސްޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު ކައިވެނިން ބޭރުގައި ޖިންސީ އަމަލުތަކެއް ހިންގާ ކަމަށް ބެލޭ ވީޑިއޯތަކެއް ސޯޝަލް މީޑިޔާގައި ލީކްވުމުން،އެއީވެސް ސައްހައެއްޗެއް ނޫން ކަމަށް ޤާސިމްވަނީ ވިދާޅުވެފައެވެ. 


މަސްދަރު: ރާއްޖެ. އެމްވީ
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް