ފަހުގެ ޚަބަރު


އިތުރަށް...

ރިޔާސީ އިންތިޚާބް 2013 - ލ. އަތޮޅު ކަވަރޭޖް

ލިޔުނީ: Unknown - Saturday, September 7, 2013 ކޮމެންޓް 1
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ވޯޓްގެ ނަތިޖާ ސަރަޙައްދުތަކުން
ތާޖް އެގްޒޯޓިކާ ރިޒޯޓް ވޯޓު ފޮށީގެ ވަގުތީ ނަތީޖާ:
ގާސިމް އިބްރާހިމް: 13
މުހައްމަދު ވަހީދު:0
އަބްދުﷲ ޔާމީން: 7
މުހައްމަދު ނަޝީދު: 59
ބާތިލް: 0
16:43 - 7 ސެޕްޓެމްބަރ
ލ. ގަމު އަލަށް އާބާދުވާ ސަރަޙައްދުގެ ވޯޓްފޮށިތައް ބަންދުކޮށް މިހާރު ގުނަން ފަށައިފި
 16:38 - 7 ސެޕްޓެމްބަރ
ލ. ފޮނަދޫ ވޯޓްފޮށިތައް ގުނަމުން އެބަދޭ
16:38 - 7 ސެޕްޓެމްބަރ
ލ. ފޮނަދޫ 1 ނަންބަރު ވޯޓް ފޮށްޓަށް ވޯޓްލާފައިވަނީ 579 މީހުން. މި ފޮށްޓަށް ވޯޓްލާންތިބި މީހުންގެ ޢަދަދަކީ 640 މީހުން.
 16:34 - 7 ސެޕްޓެމްބަރ
ލ. ފޮނަދޫ ވޯޓްފޮށިތައް ބަންދުކޮށްފި
 16:28 - 7 ސެޕްޓެމްބަރ
ލ. ގަމު ވޯޓް ފޮށްޓެއް ބަންދުކޮށްފި
ލ.ގަމުގެ ވޯޓޮ ފޮއްޓެއް ބަންދުކޮށްފައި - ފޮޓޯ: ހަވީރު އޮންލައިން

16:20 - 7 ސެޕްޓެމްބަރ
ވޯޓް ފޮށިތައް ބަންދުކުރަން ފަށައިފި

16:00 - 7 ސެޕްޓެމްބަރ
ލ. ފޮނަދޫ ވޯޓްފޮށިތައް ސަރަޙައްދުގައި މީހުން ވަރަށް މަދު. މިހާރު ވަރަށް ބޯކޮށް ވާރޭވެހި ރަށުތެރޭގައި ވަނީ ފެންބޮޑުވެފައި


15:40 - 7 ސެޕްޓެމްބަރ
ލ.ގަމު އާބާދު ސަރަހައްދު ވޯޓްލާން ރަޖިސްޓްރީ ކޮށްފައިވަނީ 703 މީހުން. މިއަދު މެންދުރުފަހު 13:30 ވިއިރު 350 މީހުން ވޯޓު ލައިފި

 
 15:36 - 7 ސެޕްޓެމްބަރ
ބެލޮޓް ޕްރޮގްރެސް ރިޕޯޓިންގ ސިސްޓަމް 0 އިންސައްތައަށް މިއަދު 14:53 ގައި ވެއްޓިއްޖެ. 57 އިންސައްތައަށްވުރެ ގިނަ މީހުން ވޯޓުލާފައިވާކަމަށް ދެއްކިތާ އިރުކޮޅެއްނުވެ އިލެކްޝަން ސައިޓުގައިވާ ބެލޮޓް ޕްރޮގްރެސް ރިޕޯޓިންގ ސިސްޓަމް 0 އިންސައްތައަށް ވެއްޓުނުފަހުން އަދިވެސް އެ ސިސްޓަމް ރަނގަޅު ނުވޭ
.
15:16 - 7 ސެޕްޓެމްބަރ
ލ. އަތޮޅުގައި ވިއްސާރައިގެ ސަބަބުން ވޯޓަށް ވެސް ދަތިވޭ. މިހާރުވެސް ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހެމުންދޭ
ލ.ދަނބިދޫގައި މިހާތަނަށް 370 މީހުން ވޯޓު ލައިފި.

ވާރޭ ތެރޭގައި ލ. ގަމުން ވޯޓު ލާން ދިޔަ ބަޔަކު ވެހިކަލަކުން ފައިބަނީ - ފޮޓޯ: ހަވީރު
11:16 - 7 ސެޕްޓެމްބަރ
ލ. މާވަށުގައި ވޯޓްލުން ވަރަށް ބާރަށް، އަމާންކަމާއިއެކު ކުރިއަށް އެބަދޭ
ލ. މާވަށުގައި ވޯޓްލުން ކުރިއަށް - ފޮޓޯ: ސަމީރު

ލ. މާވަށުގައި ވޯޓްލުން ކުރިއަށް - ފޮޓޯ: ސަމީރު

11:06  7 ސެޕްޓެމްބަރ
ލ.ފޮނަދޫ ކައުންސިލް އިދާރާގައި ބަހައްޓާފައިހުރި 3 ނަންބަރު ވޯޓް ފޮށްޓަށް 160 ވަރަކަށް މީހުން މިހާތަނަށް ވޯޓް ލައިފި
09:30  7 ސެޕްޓެމްބަރ
ލ. މާވަށު 2 ނަންބަރު ވޯޓްފޮށި ކައިރީގައި ކިއު ހަދާފައި. ވޯޓު ލުން ކުރިއަށް ދަނީ
ލ. މާވަށު 2 ނަންބަރު ވޯޓްފޮށި ސަރަޙައްދު - ފޮޓޯ: ޒަމީރު

09:05  7 ސެޕްޓެމްބަރ
ގަމު ތުނޑީ ސްކޫލްގައި ހުރި ވޯޓު ފޮއްޓަށް ވޯޓު ލާން އައި ދެ މީހެއްގެ ނަން އިލެކްޝަންސް ކޮމިޝަންގެ ސިސްޓަމްގައި ނެތިގެން ޕީީޕީއެމް އިން ޝަކުވާ ހުށަހަޅައިިފި. އެ ދެ މީހުންގެ ނަން ވޯޓު ފޮށި ކައިރީގައި ހަރުކޮށްފައި ހުރި ލިސްޓުގައި އެބައޮތް. އެ ދެ މީހުންނަށް އަދި ވޯޓެއް ނުލެވޭ
ލ. ގަން - ފޮޓޯ: ހަވީރު

08:58  7 ސެޕްޓެމްބަރ
ލ. އަތޮޅުގެ ގިނަ ރަށްތަކަށް ވަރަށް ބޯކޮށް ވާރޭވެހެމުން އެބަދޭ. ވޯޓްލުމަށް ގޮސްތިބި ބައެއް މީހުން ކުޑަނަގައިގެން ނުވަތަ ކޯޓްލައިގެން ތިބި ނަމަވެސް ގިނަބަޔަކު ތެމިގެންވެސް ބައެއް ސަރަޙައްދުތަކުގައި ތިބިކަމަށް މަޢުލޫމާތު ލިބޭ
ލ. ގަމަށް ވާރޭ ވެހެމުން ދާތީ ކުޑަ ނަގައިގެން ބަޔަކު - ފޮޓޯ: ހަވީރު އޮންލައިން.

08:30  7 ސެޕްޓެމްބަރ
ލ. ފޮނަދޫ ކުރިގަމު އަވަށުގައިވެސް ވޯޓްލުން އަމާންކަމާއެކު ކުރިއަށް އެބަދޭ
ލ. ފޮނަދޫ ކުރިގަމު އަވަށު ވޯޓްފޮށި ސަރަޙައްދު - ފޮޓޯ: ސިޔާދު

08:12  7 ސެޕްޓެމްބަރ
ލ. ގަމުގައި ވޯޓްލުން އަމާންކަމާއެކު ކުރިއަށް އެބަދޭ
ލ. ގަން - ފޮޓޯ: ހަވީރު އޮންލައިން

ލ. ގަން - ފޮޓޯ: ހަވީރު އޮންލައިން

07:32  7 ސެޕްޓެމްބަރ
ވޯޓްލާން ފަށައިފި

07:18  7 ސެޕްޓެމްބަރ
ލ. ފޮނަދޫ ވޯޓް ފޯށިތައް ކައިރީގައިވެސް ކިއު ހަދައިފި



01:18  7 ސެޕްޓެމްބަރ
ލ. ދަނބިދޫ ރައްޔިތުން އެމްޑީޕީ މެމްބަރު ވޯޓުލާ މަރުކަޒު ކައިރީގައި ކިޔު ހަދައިފި

00:59 7 ސެޕްޓެމްބަރ

ލ.ގަމުގައި ވޯޓުލާ މަރުކަޒު ކައިރީގައި ރައްޔިތުން ކިޔު ހަދަން ފަށައިފި. ގަމު އަލަށް އާބާދުވާ ސަރަޙައްދުގައި ހުންނަ ވޯޓްފޮށި ކައިރީގައިވަނީ ވަރަށް ދިގުކޮށް ކިއު ހަދާފައި

21:00  6 ސެޕްޓެމްބަރ

ލ.ކުރިގަމު އަވަށު ފޮށި ކައިރީގައި ރޭ ނުވައެއް ޖެހިއިރު ކިއު ހަދައިފި

17:00  6 ސެޕްޓެމްބަރ
ލ.މާވަށުގައި ކިއު ހަދައިފި


ސޭވްކޮށްފައިވާ ކެޓަގަރީ:

1 ޚިޔާލު: for ރިޔާސީ އިންތިޚާބް 2013 - ލ. އަތޮޅު ކަވަރޭޖް

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް