ފަހުގެ ޚަބަރު


އިތުރަށް...

28 ސެޕްޓެމްބަރ ގައި އިލެކްޝަން ބޭއްވޭނެ - ކޮމިޝަން

ލިޔުނީ: Unknown - Sunday, September 22, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މިމަހު 28 ގައި އިންތިޚާބުގެ 2 ވަނަ ބުރުގެ ވޯޓުލުން ކުރިޔަށް ގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ފުރަތަމަ ބުރުގައި ރިޔާސީ ރޭހަށް ނުކުމެވަޑައިގެން 4 ކެންޑިޑޭޓުން ކުރެ އެއްވެސް ކެންޑިޑޭޓަކަށް ވޯޓުގައި ބައިވެރިވި މީހުންގެ 50 އިން ސައްތައަށް ވުރެ ގިނަ ވޯޓު ނުލިބުމުގެ ސަބަބުން ގާނޫނުގައި ބުނާ ގޮތަށް އެއްމެ ގިނަ ވޯޓުލިބުނު 2 ފަރާތްކަމުގައިވާ މުހައްމަދު ނަޝީދު އަދި ޔާމީން އަބުދުލް ގައްޔޫމް ގެ މެދުގައި ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހު 28 ގައެވެ.

އިންތިޚާބުގެ ވޮޓު އޮޅުވާލާފައިވާ ކަމަށް ތިންވަނަ އަށް ދިޔަ ޖުމުހޫރޫ ޕާޓީން ތުހުމަތުކޮށް ،ސުޕުރީމްކޯޓަށް މައްސަލަ ވައްދާފައިވާ މިދަޑިވަޅުގައި  ގިނަބަޔަކު އިންތިޚާބުގެ 2 ވަނަ ބުރު ކަޑައެޅިފައިވާ ތާރީޚު ކަމަށްވާ 28 ސެޕްޓެމްބަރ ގައި ބޭއްވިދާނެތޯ ކުރަމުންދާ ސުވާލުގެ ޖަވާބުގައި އިލެކްޝަންސް ކޮމިޝަނުން ވިދާލުވެފައިވަނީ" ކޯޓަކުން އަޅުގަނޑުމެންނަށް އަންގާފައެއް ނެތް އެ މުއްދަތުގައި އިންތިހާބު ނުބޭއްވޭނެ ކަމަށް،ކަޑައެޅިފައިވާ ތާރީޚައި އެއްގޮތަށް ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގެ ވޯޓު ކުރިޔަށް ގެންދެވޭނެ"  ކޮމިޝަނަރ އޮފް އިލެކްޝަންސް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ 2 ވަނަ ބުރުގައި ވޯޓުލާންޖެހޭ މީހުންގެ ނަންލިސްޓު އާއްމުކޮށް ޝަކުވާހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ދެވަނަ ބުރު 28 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ފަހުގެ ތައްޔާރީތައް ވަމުންދާއިރު، ޖުމްހޫރީޕާޓިން ވަނީ އިންތިޚާބުގައި ވޯޓުއޮޅުވާލައިފައިކަމަށް ތުހުމަތުކޮށް ސުޕުރީމްކޯޓަށް މައްސަލަވެސް ވައްދާފައެވެ.އަދި މި މައްސަލައިގެ ނިޔާ ސުޕުރީމްކޯޓުން އަދި ނިންމާފައިނުވާކަން ފާހަގަކޮށްލަން ޖެހެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް