ފަހުގެ ޚަބަރު


އިތުރަށް...

ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަޙީމް އަބްދުﷲ މަޖިލީހުގެ ތަޅުމުގައި އަޑު ގަދަކޮށް، އަވަގުރާނަ ގޮވައި ކަށިގަނޑު ފުމެފި

ލިޔުނީ: Unknown - Sunday, September 22, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަޙީމް އަބްދުﷲ މަޖިލީހުގެ ރައީސަށް އަވަގުރާނަ ގޮވަނީ
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ (ރ) ދަށުން، މިއަދު ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ނައިބް ރައީސް އަބްދުއް ރަހީމް އަބްދުﷲ މަޖިލީހުގެ ތަޅުމުގައި އަޑު ގަދަކޮށް، އަވަގުރާނަ ގޮވައި ކަށިގަނޑު ފުމެފިއެވެ.
މަޖިލީހުގެ ރައީސްގެ މޭޒުކޮޅުގެ މައިކް ކޭބަލް ބުރިކޮށްލާފަ
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ މަންމާފުޅަށް ހުތުރުވާފަދަ އަދަބާއި ހިލާފް ބަސްތައް ބޭނުންކޮށް، ޕީޕީއެމްގެ ނައިބް ރައީސް އަބްދުއް ރަހީމް އަބްދުﷲ މަޖިލީހުގައި އަވަގުރާނަ ގޮވައިފިއެވެ.

ފޮނަދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ އަބްދުއް ރަހީމް އަބްދުﷲ މަޖިލީހުގެ ރައީސްގެ "އަމަޔަށް" ގޮވާ ހަޑިހުތުރު އެއްޗެހި ގޮވާފައިވަނީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާގެ ނިޒާމް ގެއްލުވާލާ ކުރި ޒުވާބެއްތެރޭގައެވެ.

"ނަ***... ކަލޭގެ އަމައޭ ކިޔާބަލަ" ރިޔާސަތުގައި އިންނެވި އަބްދުﷲ ޝާހިދާއި މުހާތަބްކޮށް އަބްދުއް ރަހީމް ވިދާޅުވިއެވެ.  
މިފަދަ ދަށު ދަރަޖައިގެ ބަސްތަކެއް ޕީޕީއެމްގެ ނައިބް ރައީސް ރައްޔިތުންގެ މަޖިލިސް ތަޅުމުގައި ބޭރުކުރިއިރު، ޕީޕީއެމްއަށް ތާއީދުކުރާ އެހެން މެމްބަރުންވެސް އޭނާ އަރިހުގައި ތިއްބެވެ. ނަމަވެސް އެކަން ހުއްޓުވުމުގެ ބަދަލުގައި އެމެމްބަރުންވެސް ތިއްބެވީ އެ ހުތުރު އަމަލަށް ހިތްވަރު ދެއްވުމުގައެވެ.

މިމައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އަބުރުފުޅަށް ހުތުރުވާފަދަ އަމަލެއްކަމުން މިމައްސަލަ ބަލާ، ސީރިއަސް ފިޔަވަޅު އަޅުއްވަންޖެހޭނެކަމަށް މަޖިލިސް މެމްބަރުންނާއި ގާނޫނީ މާހިރުން ވިދާޅުވެއެވެ.
 


މަޖިލިސް ރައީސްގެ މައިކުގެ ކޭބަލް ވެސް މިއަދު ވަނީ ޕީޕީއެމްއަށް ނިސްބަތްވާ މެންބަރަކު ބުރިކޮށްލައިފައި ކަމަށް ބައެއް މީޑިއާތައް ބުނެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް