ފަހުގެ ޚަބަރު


އިތުރަށް...

ސިފައިންނާއި ފުލުހުން ޑައުންޕޭމަންޓު ނުދައްކާގޮތަށް ފްލެޓް ހަމަޖައްސަދޭނަން - މުހައްމަދު ނަޝީދު

ލިޔުނީ: Unknown - Thursday, September 12, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ނަޝީދުގެ ސަރުކާރުގައި ފްލެޓު ލިބޭ ސިފައިންނާއި ފުލުހުން ޑައުންޕޭމަންޓު ނުދައްކާގޮތަށް ފްލެޓް ހަމަޖައްސަދޭނަން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިރޭ ބަނޑޭރިކޮށި ސަރަހައްދުގައި އެމްޑީޕީއިން ބޭއްވި ކަންމަތީ ބައްދަލުވުމުގައި ނަޝީދު ވާހަކަދައްކަވަމުން ވިދާޅުވީ ގިނަ އަދަދެއްގެ ފުހުލުންނާއި ސިފައިންނަށްވެސް ޑައުންޕޭމަންޓުގެ ގޮތުގައި ބޮޑު އަދަދެއް ދައްކަން ޖެހިފައިވުމާއެކު ތަކުލީފާ ކުރިމަތިލާންޖެހިފައިވާ ކަމަށާއި އެހެން ކަމުން ނަޝީދުގެ ސަރުކާރެއްގައި ޑައުންޕޭމަންޓު ދައްކަން ނުޖެހޭ ގޮތަށް ހަމަޖައްސާނެ ކަމަށެވެ. އަދި ބަނޑޭރިކޮށި ސަރަހައްދުގައި އަޅާ ފްލެޓުތައް ދިނުމުގައި ސިފައިންނާއި ފުލުހުންނަށް އިސްކަންދެއްވާނެ ކަމަށެވެ.

ސިފައިންގެއަށް ގިނަ ދުވަހު ޚިދުމަތް ކޮށްދީފައިވާ ސިފައިން ފަޚުރުވެރިކަމާއެކު ރިޓަޔަރ ކުރެވޭނެ މަގުފަހިކޮށްދޭނެ ކަމަށާއި ރިޓަޔާޑް ސިފައިންގެ އޮފިސަރުން ރިޓަޔަރ ކުރުމަށްފަހުވެސް ސިފައިންގެ މުއައްސަސާއަށް ވަޑައިގެން ސިފައިންގެ ދިރިއުޅުމުގައި ގަދަރުވެރި ކަމާއެކު އުޅެވޭނެ މަގުފަހިކޮށްދެއްވާނެ ކަމަށާއި، އެކަން ކުރަށްވާނީ އެމަނިކުފާނުގެ ވެރިކަމުގައި މީގެ ކުރިންވެސް އެކަންކޮށްފައިވާ ގޮތަށްކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ފުލުހުންނާއި ސިފައިންނާއި ގުޅޭ ގޮތުން މިހާތަނަށް ދެކެވިފައިވާ ތަފާތު ވާހަކަތަކާއި ގުޅިގެން އެބޭފުޅުންނަކީ ޕްރަފެޝަނަލް ބައެއް ނޫން ކަމަށް ބެލެވެން ފެށި ކަމުގައިވިޔަސް އެމަނިކުފާނުގެ ވެރި ކަމެއްގައި އެކަން އެގޮތަށް ވިޔަނުދެއްވާނެ ކަމަށާއި، އެބޭފުޅުންނަކީ ޕްރެފެޝަނަލް ބައެއްގެ ގޮތުގައި ހައްދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް