ފަހުގެ ޚަބަރު


އިތުރަށް...

އިލްޔާސް ނަޝީދަށް ތާއީދު ކުރައްވަން ނިންމަވައިފި

ލިޔުނީ: Unknown - Wednesday, September 11, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަށް ތާއީދުކުރައްވަން ކުރީގެ މިނިސްޓަރ އަދި ކުރީގެ ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ބޭބެ އިލްޔާސް އިބްރާޙިމް ނިންމަވައިފިއެވެ.

މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ބޭބެ، އެންދެރިމާގޭ އާއިލާގެ އެންމެ އިސް ފަރާތްކަމަށް ބެލެވޭ އިލްޔާސް އިބްރާހިމް ރައީސް ނަޝީދަށް ތާއީދު ދެއްވަން ނިންމެވިކަން އެމްޑީޕީގެ އިސް ފަރާތްތަކުންވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އަދި ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައިވެސް، އެމަނިކުފާނަށް ތާއީދު ދެއްވުމަށް އިލްޔާސް ނިންމެވީތީ މަރުހަބާއާއި ޝުކުރު އަދާކުރައްވާފައިވެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ނަޝީދު ވިދާޅުވެފައިވަނީ، “އޮނަރަބަލް އިލްޔާސް އިބްރާހިމް އަޅުގަނޑަށް ތާއީޑުކުރެއްވުމަށް ނިންމެވި ނިންމެވުމަށް އަޅުގަނޑުމެން ޝުކުރު މަރުހަބާ ދަންނަވަން” މިހެންނެވެ.

 އިލްޔާސް އިބްރާހިމަކީ މާލޭގެ ގަދަރުވެރި ބޭފުޅަކަށްވުމުގެ އިތުރުން، ޤައުމުގެ ތަރައްޤީއައް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޢިލްޔާސް އިބްރާހިމް އަކީ ދައުލަތަށް ހިދުމަތްކުރެއްވި ކަމުގެ ޝަރަފްވެރިކަމުގެ އިނާމް ލިބިލަޑައިގެންފައި ހުންނެވި އިއްޒަތްތެރިއެކެވެ.

ޖުމްހޫރީ ގުޅުމަށް ލިބުނު 50000 ވޯޓްގެ ތެރެއިން ގިނަ ވޯޓަކީ އިލްޔާސްގެ ތާއީދާ އެއްކޮށް ލިބުނު ވޯޓްކަމަށް ސިޔާސީ ތަޖުރިބާކާރުން ވިދާޅުވެއެވެ. 

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ބޭބެ އިލްޔާސް އިބްރާހީމް، އެމްޑީޕީ އަށް ތާއީދު ކުރައްވަން ނިންމަވާފައިވާ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދު މިއަދު ވިދާޅުވި ނަމަވެސް މައުމޫނުގެ އާއިލާއިން އެކަން ވަނީ ދޮގުކޮށްފައެވެ.

އިލްޔާސަށް ބޮޑުބޭބެ ވިދާޅުވާ ދުންޔާ މައުމޫން ވިދާޅުވީ ނަޝީދަށް ތާއީދު ކުރައްވަން އިލްޔާސް ނުނިންމަވާ ކަމަށެވެ. އަދި މި ވަގުތު އިލްޔާސް ގެންދަވަނީ ތަނަކަށް ފްލައިޓުގައި ދަތުރު ކުރައްވަމުން ކަމަށް މައުމޫންގެ ދަރިކަނބަލުން ވިދާޅުވި އެވެ.
"ނަޝީދު އެ ވިދާޅުވާ ވާހަކަ އަޅުގަނޑުމެން އާއިލާ އިން ދޮގުކުރަން،" އޭނާ ވިދާޅުވި އެވެ.

ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް